Advertisement

ނުދައްކާ ހުރި ފެން ބިލްތަކުގެ ޖޫރިމަނާއަށް 17 މިލިއަން ރުފިޔާ އަރާ

27 މާރިޗު 2024 - 16:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ނުދައްކާ ހުރި ފެން ބިލްތަކުގެ ޖޫރިމަނާއަށް 17 މިލިއަން ރުފިޔާ އަރާ

27 މާރިޗު 2024 - 16:54 0

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ފެން ބިިލުތަކުގެ ޖޫރިމަނާއަށް 17 މިލިއަން ރުފިޔާ އަރާ ކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަތީން "އަދަދު" އަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއެކު މިދިޔަ އަހަރުގެ ނިޔަލަށް 3،000 އެއްހާ ކަސްޓަމަރުންނަށް ފެން ބިލުގެ ޖޫރިމަނާ ނުދައްކާ ކަމަށާއި އެ ފަރާތްތަކުން ވަނީ 45 މިލިއަނެއްހާ ރުފިޔާގެ ފެން ބޭނުން ކޮށްފައި ކަމަށެވެ.

އެގޮތުން ޖޫރިމަނާގެ 17 މިލިއަން ރުފިޔާ މައާފްވާނީ އެ ކުންފުންޏަށް ލިބެން ޖެހޭ 45 މިލިއަން ރުފިޔާ ލިބުމުން ކަމަށާއި މިކަމުން ކަސްޓަމަރުގެ އިތުރުން ކުންފުންޏަށް ވެސް ފައިދާވާނެ ކަމަށެވެ.

"ފެން ބިލް ނުދެއްކިގެން އަރާފައި މިވަނީ 45 މިލިއަން ރުފިޔާ އަދި ބިލްތަކުގެ ޖޫރިމަނާއަށް އަރާފައި ވަނީ 17 މިލިއަން ރުފިޔާ،" މަތީން ވިދާޅުވި އެވެ.

މީގެ އިތުރުން ނުދެއްކި ހުރި ފެން ބިލްތަކަށްވާ ފައިސާ އެކި ބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށާއި، ނަމަވެސް ޖޫރިމަނާ މައާފް ކުރެވޭނީ ބިލްތަކަށް ދައްކަން ޖެހޭ ދައްކާ ހަލާސް ކުރުމުން ކަމަށް މަތީން ވިދާޅުވި އެވެ.

ފެނުގެ އިތުރުން ކަރަންޓު ބިލްތަކަށް އަރާފައިވާ ޖޫރިމަނާތައްވެސް މައާފްކުރަ ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ފެނަކަ އާއި ސްޓެލްކޯއިން އަންނަނީ ބިލްތައް މައާފް ކުރުމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ.