Advertisement

ހައި ކޯޓުގެ ކުރިމަތީގައި ލޯކަލް މާރުކޭޓެއް އަޅާތީ، ޑީޖޭއޭން ކަންބޮޑުވެ, ސިޓީއެއް ފޮނުވައިފި

27 މާރިޗު 2024 - 14:24 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހައި ކޯޓުގެ ކުރިމަތީގައި ލޯކަލް މާރުކޭޓެއް އަޅަން ބޯޑު ބަހައްޓާފައި: ހައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން އަދި ޑީޖޭއޭގެ ކަންބޮޑުވުން ބޮޑު - ފޮޓޯ: އަމީން ފައިސަލް، ހައި ކޯޓު މީޑިއާ


ހައި ކޯޓުގެ ކުރިމަތީގައި ލޯކަލް މާރުކޭޓެއް އަޅާތީ، ޑީޖޭއޭން ކަންބޮޑުވެ, ސިޓީއެއް ފޮނުވައިފި

27 މާރިޗު 2024 - 14:24 0

ހައި ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާތީވެ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށް މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވައިފި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒުނާ ސޮއިކުރައްވައި މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވިދާޅުވީ ހައި ސެކުއިރިޓީއެއް ދޭން ޖެހިފައިވާ ކޯޓެއްގެ ސަލާމަތީ ކަންކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށެވެ.

"ލޯކަލް މާރުކޭޓު ފަދަ ތަނެއް ހަދާނަމަ މި ސަރަހައްދަށް ގިނަ އަދަދަކަށް މީހުން ޖަމާވުމާއި އަދި މުދާ އުފުލާ ބޭލުމުގެ މަަސައްކަތް ގިނަ އަދަދަކަށް ކުރިއަށްދާނެ ކަމާއި އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ޓްރެފިކް ޖޭމްވުމުގެ ސަބަބުން މި މާހައުލު އަޑުގަދަ ވާނަމަ ހައި ކޯޓުގެ ޝަރީއަތްތަކަށާއި މަސައްކަތަށް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައި ދަންނަވަން،" ސިޓީގައިވެ އެވެ.

އެ ޕާކިން ޒޯނަކީ، ހައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ އިތުރުން ޑީޖޭއޭއާއި ޖަސްޓިސް ބިލްޑިން ހިމެނޭ ސަރަހައްދަށް ވުމުން އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ވެހިކަލް ޕާކު ކުރާ ޒޯނެވެ. އެހެން ކަމުން އެތަނުގައި މާރުކޭޓެއް ހަަދައިފި ނަމަ އެބޭފުޅުންގެ ދަތުރުފަތުރަށް ވެސް ދަތިތަކެއް އަންނާނެ އެވެ.

އެނގިފައިވާ ގޮތުގައި މީގެ ސިޓީއެއް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިިނިސްޓްރީއަށް ފޮނުވައިފަ އެވެ.

ކްރިމިނަލް ކޯޓުގެ ކުރިމަތީގައި މިހާރު ވެސް މާރުކޭޓެއް އޮންނަ އިރު އޭގެ ކުރިމަތީގައި މާލޭގެ އުތުރު ވިޔަފާރި ބަނދަރާއި ރަށްރަށަށް ފުރާ ލޯންޗުފަހަރު ބަނދަރުކުރާ ބަނދަރު ވެސް އޮންނާތީވެ އެއީ އަބަދުވެސް ޓްރެފިކް ބާރުބޮޑު މަގެކެވެ.

ޑީޖޭއޭއިން އެދެނީ ފަނޑިޔާރުންގެ ރައްކާތެރިކަމަށް ވެސް، އެ ސަރަހައްދުތައް ޓްރެފިކް ބާރުބޮޑުވާނެ ގޮތަށް މަޝްރޫއުތައް ނުހިންގުމަށެވެ.