Advertisement

ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ބިލެއް

26 މާރިޗު 2024 - 17:00 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. މި އިސްލާހު ހުށަހެޅި އެ ޕާޓީގެ ރައީސް ހަސަން ލަތީފް


ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ބިލެއް

26 މާރިޗު 2024 - 17:00 0

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެމްބަރުން ވަކި ހާލަތްތަކެއްގައި އޭނާ އިންތިހާބުވީ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ އާންމު ވޯޓަކުން މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހަޅުއްވައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ހުށަހެޅުއްވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. އޭގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެމްބަރުން މަގާމުން ވަކިވާ ހާލަތްތަކެވެ.

ބިލުގައި ބަޔާންކޮށްފައިވާ މެމްބަރު ކަމުން ވަކިވާ ހާލަތްތައް

  • އަމިއްލަ އިސްނެގުމަށް އިންތިހާބުވީ ޕާޓީން ވަކިވުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުން
  • އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެމްބަރަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން
  • ޕާޓީއެއްގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ނުވަތަ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބުވީ ދައުރުގެ ތެރޭގައި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން
  • އިންތިހާބުވީ ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުން ފިޔަވައި އެ ނޫން ސަބަބަކަށްޓަކައި ޕާޓީގެ މެމްބަރުކަމުން ވަކިކުރާ ހާލަތުގައި, މެމްބަރު އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތުން މެމްބަރު އެ މަގާމުން ވަކިކުރުމަށް ނިންމުން
  • މެމްބަރު ވަކިކުރުމަށް ދާއިރާގެ ޖުމުލަ އާބާދީގެ ވަކި އިންސައްތައެއްގެ މީހުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ދިރާސާކޮށް, މެމްބަރު މަގާމުން ވަކިކުރުމަށް ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި, ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެމްބަރަކު މަގާމުން ވަކިކުރުމަށް ނިންމުމެވެ.

މިގޮތަށް ގާނޫނު ބަދަލުކުރަން މަޖިލީހަށް ބިލެއް ވައްދާފައިވާއިރު އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ބަލައިގަނެ ވަގުތި ކޮމިޓީއަކަށް ވަނީ ފޮނުވާފަ އެވެ. އެ ބިލުގައި ވެސް މެމްބަރުކަން ގެއްލޭ ހާލަތްތަކެއް ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައިވާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.

މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފި ނަމަ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ އެވެ.

ނަމަވެސް, އެ ބިލުގައި ރައްޔިތުންގެ ޕެޓިޝަނަކުން މެމްބަރަކު ވަކިކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުގެ ބައެއް ހިމަނާފައި ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.