Advertisement

އަނީސާ، ހައުސިން ކޮމިޓީން އިސްތިއުފާ ދީފި

26 މާރިޗު 2024 - 10:48 1

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށް އަނީސާ ވަޑައިގަންނަވަނީ. އޭނާ ވަނީ ކުރީ ސަރުކާރުތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައި


އަނީސާ، ހައުސިން ކޮމިޓީން އިސްތިއުފާ ދީފި

26 މާރިޗު 2024 - 10:48 1

"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލީ ހައުސިން ކޮމިޓީން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ހައުސިން ކޮމިޓީގެ ޗެއާކަން ވެސް ކުރައްވާ އަނީސާ މި މަގާމުން އިސްތިއުފާ ދެއްވީ ޒާތީ ސަބަބުތަކަށްޓަކަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދިނީ އެ ކޮމިޓީއަށް އައްޔަނުކުރިތާ މަސް ދުވަސް ނުވަނީހެވެ.

މިހާތަނަށް މި ކޮމިޓީން ބޭއްވީ އެންމެ ބައްދަލުވުމެކެވެ.

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަނީސާ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގައި އިސް މަގާމުތައް އަދާކުރައްވާފައިވެ އެވެ.

އަނީސާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެފަހުން އެކިއެކި މަގާމުތައް ފުރުއްވަުން އައިސް ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އެވެ.

އޭގެ އިތުރުން އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހޯދައިދީ ބާރުވެރިކުރުމަށް "ހޯޕް ފޯ ވިމެން" ޖަމިއްޔާ އުފެއްދެވީ ވެސް އަނީސާ އެވެ.