23 މާރިޗު 2024 - 20:58 2
ރޯޝަނީ މަގުގައި މިރޭ ހިނގި މާރާމާރީ: މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި -- ފޮޓޯ: އެމްވީކްރައިސިސް ސްކްރީންގްރޭބް
23 މާރިޗު 2024 - 20:58 2
މާލޭގައި ހުރި ޓޭކްއަވޭ ތަނަަކަށް ގެއްލުން ދޭން އުޅުނު ކަމަށް ބުނާ މީހެއް ގައިގައި ގްރޫޕަކުން ތަޅާ މިރޭ ބޮޑު މާރާމާރީއެއް ހިންގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި މާރާމާރީގެ ވީޑިއޯއަކުން ފެންނަނީ ފަސް ވަރަކަށް މީހުން ވެގެން އެކަކު ގައިގައި ތަޅާ މަންޒަރެވެ. އެކަކު ހުރީ އޭނާ ގައިގައި އޮޅުލައިގެންނެވެ.
މި މާރާމާރީ ހިނގި މަންޒަރު ބަލަހައްޓައިގެން އާންމުންގެ މީހުން ތިބި މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލޭ ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުން ދޭން އުޅޭ ކަމުގެ މައުލޫމާތު މިރޭ 7:00 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެެވެ.
"މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާޔާ ބަަޔަކު މާރާމާރި ހިންގުމަށް ފަހު ވަނީ ފިލަފާއި" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މާރާމާރީއާ ގުޅިގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެއީ ޓޭކްއަވޭ އައުޓްލެޓަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހާ އާއި މާރާމާރީގައި ބައިވެރިވީ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
Comment