Advertisement

ނޯޓް ކޮސްމެޓިކްއިން އަންހެނުންނަށް ހާއްސަ ދުވުމެއް ބާއްވަނީ

23 މާރިޗު 2024 - 20:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނޯޓް ކޮސްމެޓީކްސްއިން ބާއްވާ އަންހެނުންގެ ހާއްސަ ދުވުން ލޯންޗުކުރުން -- ފޮޓޯ: އިޔާދު / އަދަދު


ނޯޓް ކޮސްމެޓިކްއިން އަންހެނުންނަށް ހާއްސަ ދުވުމެއް ބާއްވަނީ

23 މާރިޗު 2024 - 20:52 0

ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްއިން އަންހެނުންނަށް ހާއްސަ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

އައިރަނާސް އާއި ގުޅިގެން އޭޕްރީލް 26، ގައި ބާއްވާ ދުވުން ލޯންޗު ކޮށްދެއްވީ، ހުޅުމާލޭގައި ނޯޓް ކޮސްމެޓިކްސްގެ އާ ފިހާރަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ދުވުމުގެ ބައިތައް

  • 5 ކިލޯ މީޓަރުގެ ދުވުން
  • އަންހެނުންނަށް ހާއްސަ 1 މޭލްގެ ދުވުން
  • 12 އަހަރުން ދަށުގެ ދެ ޖިންސްގެ ކުޑަކުދިންނަށް ހާއްސަކޮށް 1 މޭލުގެ ދުވުން

މި ދުވުމުގެ މަގުސަދަކީ އަންހެނުން ބާރުވެރި ކުރުވައި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުމެވެ.

ދުއިސްތަ ރުފިޔާގެ ރަޖިސްޓްރޭޝަން ފީއަކާއެކު ދުވުމުގައި ބައިވެރިވެވޭއިރު، އޭގެ ތެރެއިން 8 ޕަސަންޓު ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ ކެންސާ ސޮސައިޓީއަށެވެ.

"ދުވުމުން ގިނަ ފުރުސަތުތަކެއް އަންހެންނަށް އޮންނާނެ. ވަރަށް ބޮޑަށް އެދެން ދުރާލައި ރަޖިސްޓްރީކޮށްގެން އިވެންޓުގައި ބައިވެރިވާން،" އައިރަނާސްގެ ފައުންޑާ ހުސެއިން ޝުޖާއު ވިދާޅުވި އެވެ.

މި ދުވުމުގެ ބައިވެރިންނަށް މެޑަލް ދިނުމުގެ އިތުރުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. އެގޮތުން ލަކީޑްރޯއިން ހޮވޭ ފަރާތަށް ތުރުކީގެ ދެކޮޅު ޓިކެޓެ ދޭނެ އެވެ. މީގެ އިތުރުން ދުވުމުގައި ބައިވެރިވާ 500 ފަރާތަކަށް ނޯޓުން ގިފްޓު ޕެކު ވެސް ދޭނެ އެވެ.