Advertisement

މާލޭ މަގުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ފޮނުވަން ސިޓީ ކައުންސިލުން އެދިއްޖެ

22 މާރިޗު 2024 - 22:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ މަގުމަތީ ކުނިތަކެއް : މާލޭ މަގުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ފޮނުވަން ސިޓީ ކައުންސިލުން އެދިއްޖެ - ފޮޓޯ: އަދަދު


މާލޭ މަގުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ފޮނުވަން ސިޓީ ކައުންސިލުން އެދިއްޖެ

22 މާރިޗު 2024 - 22:12 0

މާލޭ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވައިދޭން ސިޓީ ކައުންސިލުން އާއްމުންގެ ފަރާތުން އެދިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ނޫސްތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިނީ، މާލޭގެ މަގުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިކަމަށް ހާއްސަ ކޮށްފައިވާ ނަމްބަރަކީ 9341144 އެވެ. މީގެ އިތުރުން އެ އިދާރާގެ ވެބްސައިޓުގައިވާ ޝަކުވާ ޕޯޓަލް މެދުވެރިކޮށްވެސް ކުނި އަޅާ ފަރާތްތައް ރިޕޯޓު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މާލޭގެ މަގުމައްޗަށް ފުނިޖެހިފައިވާ ކުނީގެ ތެރޭގައި ގިނައިން ހިމެނެނީ ބޮޑެތި ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް ފަދަ އިތުރު ފީއެއް ވެމްކޯއަށް ދައްކައިގެން އުކާލަންޖެހޭ ބާވަތުގެ ކުންޏެވެ.

ކުނީގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކުނި އުކައިދިނުމަށް ނަގާ ފީ އަދިވެސް ކުޑަ ކުރުން މުހިންމު ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ.

"އަދަދު" ނޫހުގެ އެއްޗެއް ކަޅެއް ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ވާނީ އެންމެން ވެސް ޒިންމާދާރުވެގެން ކަމަށެވެ. އަދި ކުނި އުކައިދޭން ނަގާ ފީ ރައްޔިތުންގެ ޖީބަށް ބަރު ނުވާ މިންވަރަށް ކުޑަކޮށްގެން ނޫނީ ދިމާވެގެން މިއުޅޭ މައްސަލަ ހައްލު ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކެނޑިނޭޅި ކުރަމުންދާއިރު، އެ މަސައްކަތަށް 51 ވެހިކަލް އެ ކައުންސިލުން ބޭނުން ކުރެ އެވެ.