Advertisement

ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ އެކު އެކްސްޕްލޮއިޓް ކުރުމުގެ ތަހުގީގެއް ފަށަން ޖެހޭ ގޮތަށް ޕީޖީން އިރުޝާދު ދީފި

21 މާރިޗު 2024 - 14:17 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޑަކުދިންގެ ހައްގުގައި މީގެ ކުރިން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން : ކުޑަކުއްޖެއް ގެއްލުމާއެކު އެކްސްޕްލޮއިޓް ކުރުމުގެ ތަހުގީގެއް - ފޮޓޯ: އަދަދު


ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ އެކު އެކްސްޕްލޮއިޓް ކުރުމުގެ ތަހުގީގެއް ފަށަން ޖެހޭ ގޮތަށް ޕީޖީން އިރުޝާދު ދީފި

21 މާރިޗު 2024 - 14:17 0

ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓު ކުރާ ވަގުތުން ފެށިގެން އެކްސްޕްލޮއިޓްކުރުމުގެ ތަހުހީގެއް ފަށަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތަހުގީގީ އިދާރާތަކަށް އިރުޝާދު ދީފި އެވެ.

މި އިރުޝާދާ ގުޅޭ ގޮތުން ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި، މިފަދަ އިރުޝާދެއް ނެރުނީ މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި އަދި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރުމާއި، މިކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު "އަދަދު" އަށް ވިދާޅުވީ، އިރުޝާދުގައި އެންމެ ފާހަގަވާ ނުކުތާތަކަކީ ކުޑަކުއްޖެއް ގެއްލިގެން ރިޕޯޓުކުރާ ހާލަތުގައި އެކްސްޕްލޮއިޓޭޝަންގެ މައްސަލައެއްގެ ގޮތުގައ ބެލުމާއި ތަހުގީގު ކުރުމުވެ.

އަދި، މިފަދަ ތަހުގީގެއް ފުރިހަމަ ވާންޖެހޭ އަސާސީ ކަންކަމުގެ ތެރޭގައި ކުޑަކުއްޖާ ދިރިއުޅޭ ހާލަތަށް ބަލައި އެކަންކަމުގެ ސަބަބުން ކުއްޖާ އެކްސްޕްލޮއިޓު ކުރުމަށް ފުރުސަތު އޮތް މިންވަރު ބަލާ އެކަންކަން ވަޒަންކުރަން ވާނެކަންވެސް އިރުޝާދުގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން މިއިރުޝާދަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮތް މަސްއޫލިއްޔަތުގެ ދަށުން ނެރެފައިވާ އިރުޝާދެއް ކަމަށެވެ.

ޕީޖީއިން މިފަދަ އިރުޝާދެއް ނެރެފައި މިވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ބުނެ ފުލުހުން މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.