Advertisement

ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ލިބުނު ފައިސާއިން އަޅާނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް

18 މާރިޗު 2024 - 14:07 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ލ. ގަމުގެ މަތިން ނަގާފައިވާ ފޮޓޯއެއް.


ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ލިބުނު ފައިސާއިން އަޅާނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް

18 މާރިޗު 2024 - 14:07 0

ކުރީ ސަރުކާރުން ލ. ގަމުގައި އިމާރާތް ކުރަން ނިންމި ކެންސަރު ހޮސްޕިޓަލަށް ހަމަޖައްސާފައިވާ ފައިސާ ބޭނުން ކުރާނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމަށް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފަ އެވެ. ގަމު މެމްބަރު މުހައްމަދު ވިސާމް ވަނީ ކެންސަރު ހޮސްޕިޓަލާ ގުޅޭ ސުވާލެއް ހަލީލުއާ އަމާޒުކުރައްވާފަ އެވެ.

"ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލެއް މާލެއަށް ބަދަލެއް ނުކުރަން. އެހެން ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި އެތަނުގައި ހިދުމަތް ދެވޭނެ ހޮސްޕިޓަލެއް އެޅުމަށްޓަކައި އެ ފަންޑިން ވަނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް ބިނާކުރަން ބަދަލުކުރެވިގެން ގޮސްފައި," އެ ސުވާލުގެ ޖަވާބުގައި ހަލީލް ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލް ބަދަލު ކުރަން ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ ބަދަލުގައި އެ ހޮސްޕިޓަލް އަޅަނީ މާލޭގަ އެވެ.

"މާލޭގައި ބިނާކުރަމުންދަނީ މުޅިން އާ ފަންޑަކުން ލިބިފައިވާ ހޮސްޕިޓަލެއްކަން ފާހަގަކުރަން. ޓާޝަރީ ހޮސްޕިޓަލަކާށް ގަމު ހޮސްޕިޓަލް ބަދަލުކުރުން ޖާގަ އިތުރުކުރަން ހަދަން ޖެހޭ ޕްލޭންގެ މަސައްކަތް އެބަ ކުރިއަށްދޭ," ހަލީލްގެ ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ގަމު ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނިމިދިޔަ ސަރުކާރުން 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގަމުގައި އެޅުމަށް ޖުލައި 16، 2023 ގައި އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ.