Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް ޖެނުއަރީ 4 ގައި

17 މާރިޗު 2024 - 21:32 0

އަތޫފް އާތިފް

އަތޫފް އާތިފް


ގޯލްޑަން ފުޓްސަލް ޗެލެންޖް ޖެނުއަރީ 4 ގައި

17 މާރިޗު 2024 - 21:32 0

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް" އަންނަ އަހަރުގެ ޖެނުއަރީ ހަތަރެއްގައި ފަށަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ނިންމައިފި އެވެ.

މި އަހަރުގެ މުބާރާތުގައި 129 ޓީމުން ބައިވެރިވިއިރު, މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބ. އޭދަފުށި އެވެ. އޭދަފުށިން ޗެމްޕިއަންކަން ހޯދީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން ފައިނަލުގައި ބަލިކޮށްގެންނެވެ.

އަންނަ އަހަރުގެ މުބާރާތް ދުރާލާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިއުލާންކުރީ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް މުބާރާތައް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ, އަންނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކަމާ އެކު, ނިންމާލުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ޓީމުން ދުރާލާ މުބާރާތައް ތައްޔާރުވާނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ދެއްވާ އެއްބާލުން ރިލްވާން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރަށްރަށުގެ ކައުންސިލުން މުބާރާތަށް ބަހައްޓާ އަހައްމިއްޔަތުކަން ފެނިފައި، މި މުބާރާތް އިތުރަށް ފުރިހަަމަކުރަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މަސައްކަތްކުރާ ކަމަށެވެ.

އަހަރަކުން އަހަރަކަށް ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތައް އިތުރުވަމުން އަންނައިރު, މި އަހަރުގެ މުބާރާތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ޓީމުތައް ކުޅުނު މުބާރާތެކެވެ. އަދި މި އަހަރުގެ މުބާރާތުގައި 300 އަށްވުރެ ގިނަ މެޗު ކުޅުނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި މުބާރާތް ނުބޭއްވި ދިޔައީ، ކޮވިޑް-19ގެ ސަަބަބުން އައި މެދުކެނޑުމާ ހެދި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ތ. ތިމަރަފުށިން ތިން ފަހަރު، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު އަދި ހެންވޭރު އެވެ.

އަންނަ އަހަރު ފަށާނީ، ގޯލްޑަން ޗެރިޓީ ޝީލްޑް މެޗުންނެވެ. ބައްދަލުކުރާނީ، ގަމާއި އޭދަފުށްޓެވެ.