Advertisement

ރެއާލަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

17 މާރިޗު 2024 - 10:02 0


ރެއާލަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

17 މާރިޗު 2024 - 10:02 0

މެޑްރިޑް (މާޗް 17) - ސްޕެނިޝް ލީގުގައި އޮސަސޫނާ އަތުން 4-2 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް ޖިރޯނާ ވަނީ ރޭ ގެޓަފޭ އަތުން 1-0 އިން ބަލިވެފަ އެވެ.

ރެއާލް އެއް ވަނައިގައި އޮތީ 29 މެޗުން 72 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް 29 މެޗުން ވަނީ 62 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 28 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. މެޗު ހަމަކުރާއިރު، ބާސެލޯނާ އިން މޮޅުވެއްޖެނަމަ، ދެ ވަނަ އަށް އެރޭނެ އެވެ. އަދި ރެއާލްގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެ އެވެ.

އޮސަސޫނާ ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ވިނީޝިއުސް ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން، އަންޓޭ ބުޑިމީރް ވަނީ ލަނޑެއް ޖަހައި، އޮސަސޫނާ އަށް އެއްވަރުކޮށްދީފަ އެވެ. ރެއާލުން އަލުން ލީޑުނެގީ، 18 ވަނަ މިނިޓްގައި ޑެނީ ކާވަހާލް ޖެހި ގޯލުންނެވެ.

މެޗުގެ 61 ވަނަ މިނިޓްގައި ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ރެއާލްގެ ތިން ވަނަ ގޯލު ޖެހީ ބްރަހިމް ޑިއާޒް އެވެ. އޭގެ ތިން މިނިޓް ފަހުން، ވަލްވޭޑޭ ދިން ބޯޅައަކުން މި ފަހަރު ލަނޑު ޖެހީ ވިނީޝިއުސް އެވެ.

އޮސަސޫނާގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި، އިކާ މުނޯޒް އެވެ.

މިއީ ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުގެ މަގާމާ ހަވާލުވެހުރި، ކާލޯ އަންޗެލޮޓީ އެ ކްލަބާ އެކު ހޯދި 200 ވަނަ މޮޅެވެ.