Advertisement

ޮރޮނާލްޑޯގެ ގޯލުން މޮޅުވެ އަލް ނަސްރުން ހިންދެމިލައިފި

16 މާރިޗު 2024 - 07:40 0

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.


ޮރޮނާލްޑޯގެ ގޯލުން މޮޅުވެ އަލް ނަސްރުން ހިންދެމިލައިފި

16 މާރިޗު 2024 - 07:40 0

ރިޔާދު، ސައުދީ އަރަބިއްޔާ (މާޗް 16) - ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕެނަލްޓީން 1-0 އިން އަލް އަހަލީ ބަލިކޮށް، އަލް ނަސްރުން ފާއިތުވި ހަފްތާތަކުގައި ނުކުތް ދަށް ނަތީޖާތަކުން އަރައިގަންނަން ހިތްވަރެއް ހޯދައިފި އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުން ކެޓުމާއި ފަހަކަށް އައިސް ލީގުގައި ނަތީޖާތަށް ދަށްވުމާ އެކު، އަލް ނަސްރުގެ ފޯމަށް ވަނީ އަސަރުކޮށްފަ އެވެ. އެކަމަކު، މި މެޗުން ލިބުނު މޮޅާ އެކު، އެ ޓީމަށް ވަނީ ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ސައުދީ ޕްރޯ ލީގުގައި މި ވަގުތު އެއް ވަނައިގައި އޮތީ، 23 މެޗުން 65 ޕޮއިންޓާ އެކު އަލް ހިލާލް އެވެ. ދެ ވަނައިގައި އޮތް އަލް ނަސްރަށް 24 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތީ އަލް އަހްލީ އެވެ. އެ ޓީމަށް ވަނީ 24 މެޗުން، 47 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އަލް އިއްތިހާދަށް ވަނީ 23 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އަލް އަހްލީން ވަނީ އެ ޓީމުގެ ތަރި ރިޔާދު މާރޭޒްގެ އެހީގައި ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ. އެކަަމަކު، އަލް ނަސްރުން ވަނީ އަލް އަހްލީ ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ. މިއީ، އެންމެ ފަހުން ލީގުގައި އަލް ނަސްރުން ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ ނިމުނު ފުރަތަމަ މެޗެވެ.

އަލް ނަސްރު މޮޅުވި ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކުރީ 68 ވަނަ މިނިޓްގަ އެވެ.

މި ސީޒަނުގައި ރޮނާލްޑޯ، 37، ވަނީ އޭނާ ކުޅެދިން 33 މެޗުން 30 ގޯލު ޖަހައިފަ އެވެ. އެއީ ލީގުގައި ޖެހި 23 ގޯލާއި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ޖެހި ހަ ގޯލުގެ އިތުރުން ކިންގްސް ކަޕްގައި ކާމިޔާބުކުރި އެއް ގޯލެވެ.