Advertisement

ޗެލްސީގައި ނަމަ އާޓެޓާ އަށް ވަގުތު ނުދޭނެ: ލަމްޕާޑް

15 މާރިޗު 2024 - 14:18 0


ޗެލްސީގައި ނަމަ އާޓެޓާ އަށް ވަގުތު ނުދޭނެ: ލަމްޕާޑް

15 މާރިޗު 2024 - 14:18 0

ލަންޑަން (މާޗް 15) - އާސެނަލްގައި ސްޕެއިނުގެ ކޯޗު މިކޭލް އާޓެޓާ އަށް ކަންކަން ރަނގަޅުކުރަން ލިބުނު ވަގުތު ޗެލްސީގައި ނަަމަ ނުލިބޭނެ ކަމަށް ދެ ފަހަރެއްގެ މަތިން ޗެލްސީގެ ކޯޗުުކަން ކުރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުގެ މަގާމު 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ދޫކޮށްލުމަށް ފަހު، އާޓެޓާ ވަނީ އާސެނަލްގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވެފަ އެވެ. އޭގެ ފަހުން، މިވީ މުއްދަތުގައި އާސެނަލް މިހާރު އޮތް ލެވަލަށް ގެންދަން އާޓެޓާ އަށް ގިނަ ގޮންޖެހުންތަކެއް ގިރާކުރަން ޖެހުނެވެ. އޭނާ މަގާމުން ވަކިކުރާނެ ކަމަށް ތަކުރާރުކޮށް މީޑިއާގައި ވާހަކަ ދެކެވުނުއިރު، އާޓެޓާ ހުރީ ކެތްތެރިކަމާ އެކު، އޭނާގެ ޕްލޭނާ މެދު އިތުބާރު އޮތުމުންނެވެ.

ލަމްޕާޑް ބުނީ، އާޓެޓާ އަށް ކުރިމަތިވި ކަންތައްތަކާ ބަލާއިރު، އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ، މިސާލެއް ކަމަށެވެ.

"ޓީމު ކުޅޭނެ ރަނގަޅު ފޯމޭޝަނަކާއި ވައްޓަފާޅިއެއް ސްޓައިލެއް ހޯދަން، އެ ކަންކަމުގެ ތެރޭގައި އާޓެޓާ އަތުން އާސެނަލްގެ ގިނަ މެޗުތަކެއް ގެއްލިފައިވޭ. އެކަމަކު، މި ޕްރޮސަސް (ބަދަލު) ގެންނަން އޭނާ ބޭނުންވެގެން އެ ފޯކަސްގައި ކުރި މަސައްކަތުން އާސެނަލްގައި މިހާރު އެ ނަތީޖާތައް އެ ފެންނަނީ،" ލަމްޕާޑް ބުންޏެވެ.

"ޔަގީނުން ވެސް ޗެލްސީ ކަހަލަ ކްލަބެއްގައި އެ ފުރުސަތު ނުލިބޭނެ. އާސެނަލްގައި އެ ހޭދަކުރި އުނދަގޫ ވަގުތުތައް، އާޓެޓާ ޗެލްސީގައި ހުރެ ކުރަން އުޅުނުނަމަ މިހާރު މަގާމުގައި ނުހުންނާނެ،"

ލަމްޕާޑް އެންމެ ފުރަަތަމަ ޗެލްސީގެ ކޯޗަކަށް ހޭދަކުރިއިރު، އެ ކްލަބް ޓްރާންސްފާ ސަސްޕެންޝަނެއްގައި އޮތް ނަމަވެސް ނަތީޖާ ނެރުމުގައި ރަނގަޅު ކަންކަން ފެނުނެވެ. އެކަމަަކު، ފަހުން ކަންކަން ބަދަލުކުރަން ލަމްޕާޑް ފެށުމާ އެކު، މަގާމާ ހަވާލުވިތާ 18 މަސް ދުވަސް ތެރޭ ޓީމުގެ ވަޒީފާ ގެއްލުނީ އެވެ. އޭނާ ދެ ވަނަ ފަހަރަށް ޗެލްސީއާ ހަވާލުވީ މިދިޔަ ސީޒަނުގެ ފަހުކޮޅުގަ އެވެ.