Advertisement

މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަނީފް ފާޑުކިޔުމުން ޝާހިދު ވެސް ރައްދު ދެއްވައިފި!

13 މާރިޗު 2024 - 19:18 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަނީފް ފާޑުކިޔުމުން ޝާހިދު ވެސް ރައްދު ދެއްވައިފި!

13 މާރިޗު 2024 - 19:18 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އޭނާ ނިސްބަތްވާ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުކިޔުމުން، ޝާހިދު ވެސް ފާޑުކިޔުމަކުން ރައްދު ދެއްވައިފި އެވެ.

އެންޓި ޑިފެކްޝަން ބިލަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ސަނީފް ވަނީ އިންތިހާބަކައި ނުލައި ޕާޓީގެ ރައީސްގެ މަގާމަށް ޝާހިދު ލިބުމުން އެކަމަށް ފާޑުކިޔައިފަ އެވެ. ޕާޓީގެ ރައީސްގެ މަގާމަށް ޝާހިދު އައްޔަން ކުރީ ހީލަތްތެރި ރޭވުމަކުން ކަަމަށް ވެސް ސަނީފް ތުހުމަތު ކުރެއްވި އެވެ.

"މިފަދަ ހީލަތްތެރި ރޭވުންތަކުން ޕާޓީގެ ރައީސްގެ މަގާމަށް މީހުން އައްޔަން ކުރުމަކީ އެ ޕާޓީއެއްގެ ދޭތެރޭގައި އޮންނަ ސައްހަކަން ގެއްލިގެން ހިނގައިދާނެ ކަމެއް. އެހެންވީމ،ާ ޕާޓީތަކުގެ ވެރިނ،ް ޕާޓީތައް ހަރުދަނާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް،" ސަނީފް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު ދެ ވަނަ ފަހަރަށް ފާސް ކުރިއިރު އޭނާ މަޖިލީހަށް ވަޑައިނުގަތީ ރިޝްވަތު ނަގައިގެން ކަމަށް ބުނެ ޝާހިދު އިސްވެ ހުންނަވައި ދޮގު ހަދަމުންދާ ކަމަށް ވެސް ސަނީފް ތުހުމަތު ކުރެއްވި އެވެ.

"އަދި މި ވާހަކަ ދައްކަނީ ޕާޓީގެ މިއަދުގެ ރައީސް އަބްދުﷲ ޝާހިދު އުފައްދައިގެން އުޅޭ ނޫހެއް ކަމަށްވާ މިއުވާނުގެ ނޫހުގައި މިފަދަ ވާހަކަ ލިޔެ ޕާޓީގެ މެންބަރުން ފަލީހަތް ކުރުމަކީ މިތަނުގައި ހުރެގެން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،" ސަނީފް ވިދާޅުވި އެވެ. "އެމްޑީޕީ މިގޮތަކަށް ނުހިންގޭނެ."

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މަޖިލީހުގައި ސަނީފް ދެއްކެވީ "ދޮގު ވާހަކަތަކެއް ކަމަށެވެ.

"މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެންބަރު ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގު ވާހަކަތަކެއް،" ޝާހިދު ވިދާޅުވި އެވެ.

އޭނާއާ ގުޅޭ ގޮތުން މިއަދު ސަނީފް "ދޮގު ހެދީ" މަޖިލީހުގެ އިމްތިޔާޒު ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ކަމަށާއި އެއީ "ފިނޑި" އަމަލެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މަޖިލީހުގެ އިމްތިޔާޒިް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހިކަމެއް. ފިނޑިކަމެއް،" ޝާހިދު ވިދާޅުވި އެވެ.