Advertisement

އިންޑިއާ ކަނޑުގައި ބަންގްލަދޭޝްގެ އާގު ބޯޓެއް ހައިޖެކުކޮށްފި

14 މާރިޗު 2024 - 08:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަނޑު ފޭރޭ މީހުން ބޯޓެއް ހައިޖެކު ކުރަނީ -- ފޮޓޯ: ކަލެކްޓެޑް


އިންޑިއާ ކަނޑުގައި ބަންގްލަދޭޝްގެ އާގު ބޯޓެއް ހައިޖެކުކޮށްފި

14 މާރިޗު 2024 - 08:03 0

އިންޑިއާ ކަނޑުގައި ކަނޑު ފޭރޭ ބަޔަކު ބަންގްލަދޭޝްގެ އާގު ބޯޓެއް ހައިޖެކު ކޮށްފި އެވެ.

ހައިޖެކު ކުރި ބޯޓުގެ ވެރިޔާ އަލްޖަޒީރާއާ ވާހަ ކަދައްކަމުން ބުނީ ބޯޓު ހައިޖެކު ކުރިއިރު އޭގައި 55،000 ޓަނުގެ ކޯލް ހުންނާނެ ކަމަށެވެ.

މި އާގު ބޯޓު ހައިޖެކު ކުރިއިރު ދަތުރުކުރަމުން ދިޔައީ މޮޒަމްވިކް އިން ޔޫއޭއީއަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ބޯޓު ހައިޖެކު ކުރުމަށްފަހު، އޭގެ މިސްރާބު ބަދަލުކުރީ ސޯމާލިއާއާ ދިމާލަށެވެ.

އާގު ބޯޓުގައި ތިބި މީހުންނަށް މިހާތަނަށް އެއްވެސް އަނިޔާއެއް ދީފައި ނުވާއިރު، ބޯޓު ހައިޖެކު ކުރީ 22 މީހުންގެ ހަތިޔާރު އެޅި މީހުންތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާ ކަނޑުގައި ދޭތެރެއަކުން ކަނޑު ފޭރޭ މީހުން އެކި ބޯޓުތައް ހައިޖެކުކޮށް، ބޯޓުގައި ހުންނަ މުދާތައް އަދި ބައެއް ފަހަރު ބޯޓުވެސް ފޭރިގަނެ އެވެ. ބައެއް ފަހަރު ހައިޖެކްކޮށްގެން އުޅެނިކޮށް ބޯޓުތައް ސަލާމަތްވެސް ކޮށްފައި އެބަ ހުއްޓެވެ.