Advertisement

ބާޒާރުގައި މިއަދު މޭވާ ވަރަށް ތިޔާގި، އެކަމަކު ދިވެހި ފެޝަންފުރުޓެއް ނެތް!

13 މާރިޗު 2024 - 20:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ލޯކަލް މާރުކޭޓުގައި މޭވާ ވަރަށް ތިޔާގިކޮށް -- ފޮޓޯ: މުހައްމަދު ޝަހުޒާން


ބާޒާރުގައި މިއަދު މޭވާ ވަރަށް ތިޔާގި، އެކަމަކު ދިވެހި ފެޝަންފުރުޓެއް ނެތް!

13 މާރިޗު 2024 - 20:25 0

މާލޭ ލޯކަލް މާރުކޭޓުގައި މިއަދު ގޮޅިތަކުން މޭވާގެ ތިޔާގިކަން ފެނިގެންދިޔައިރު، އެންމެ ބޮޑަށް އަޅައިގަތީ ގޮޅިތަކުގައި ދިވެހި ފެޝަންފްރުޓު ލިބެން ނެތުމެވެ.

ބާޒާރުގައި މުޅިންހެން ހުރީ ޔުގާންޑާއިން ގެނެސްފައި ހުރި ފެޝަންފްރުޓެވެ. ކިލޯއެއް ލިބެން ހުރީ 100ރ. އިން 150ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ދިވެހި ފެޝަންފްރުޓު ނެތީ ކީއްވެތޯ "އަދަދު" އިން ގޮޅިތަކާ ސުވާލުކުރުމުން ބުނީ ދިވެހި ފެޝަންފްރުޓު ލިބެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށާއި ޔުގާންޑާގެ ފެޝަންފްރުޓު ވިއްކަން ޖެހުނީ ދިވެހި ފެޝަންފްރުޓު ނުލިބިގެން ކަމަށެވެ.

ކުރުނބާ އާއި ކަރާ ބާޒާރުގައި ފެނިގެންދިޔައީ ވަރަށް ތިޔާގިކޮށެވެ. އެގޮތުން ކުރުނބަލެއް 30ރ. އިން 50ރ. އާ ދެމެދުގެ އަގަކަށް ލިބެން ހުރިއެިރު، ކަރާ ކިލޯއެއް ލިބެން ހުރީ 17ރ. އިން ފެށިގެން 20ރ. އާ ދެމުގެ އަގެއްގަ އެވެ. އަދި އަލަނާސި ކަރައެއް 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގައި ލިބެން ހުއްޓެ އެވެ.

ދޮންކެޔޮ ކިލޯއެއް 55ރ. އާއި 65ރ. އާ ދެމެދުގެ އަގަކަށް ލިބެން ހުރިއިރު، ފަޅޯ ކިލޯއެއް ލިބެން ހުރީ 55ރ. އާއި 65ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފޭރު ކިލޯއެއް ލިބެންހުރީ 85ރ. އަށެވެ.

އާފަލެއް 5ރ. އަދި 6ރ. އަށް ލިބެން ހުރިއިރު އޮރެންޖުގެ އަގު އަދިވެސް ހުރީ 7ރ. އާއި 8ރ. އަށެވެ. މެންޑަރިން ކިލޯއެއް 60ރ. އާއި 70ރ. އާ ދެމެދު ހުރިއިރު، މެންގޯ ސްޓީމް ކިލޯއެއް ލިބެން ހުރީ 150ރ. އަށެވެ.

ގްރޭޕްސް ކިލޯއެއް 130ރ އާއި 150ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، 250 ގްރާމުގެ ސްޓްރޯބެރީ ތަށްޓެއް ލިބެން ހުރީ 60ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ރޯ ކަދުރުގެ 100 ގްރާމު 50ރ. އަށް ލިބެންހުރިއިރު، އަންނާރު ކިލޯއެއް ލިބެން ހުރީ 110ރ. އަށެވެ.

މީގެ އިތުރުން، އަނބު ކިލޯއެއް 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގައި ލިބެން ހުރިއިރު، ރަންބުސްތާނުގެ 100 ގްރާމު ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ލަންކާއިން ގެނެސްފައި ހުރި ޑޫރިއާން ކިލޯއެއް ވިއްކަނީ ކިލޯއެއް 150ރ. އަށެވެ.

ފަތްޕިލާވެއްޔަށް ބަލާއިރު ލެޓިއުސް ކިލޯއެއް ލިބެން ހުރީ 30ރ. އިން 50ރ. އާ ދެމެދުގެ އަގެއްގައި ކަމަށްވާއިރު، ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 20ރ. އަށެވެ. ކޮޕީފަތެއް 4ރ. އަށް ލިބެން ހުރިއިރު، ތިނެތި ހުރި ބޮނޑިއެއް ލިބޭ އަގަކީ 10ރ. އެވެ. އަދި ކަންކުން ބޮނޑިއެއް 5ރ. އަށް ލިބެން ހުއްޓެވެ.

ކުއްޅަފިލާފަތް ބޮނޑިއެއް 20ރ. އަށް ލިބެން ހުރިއިރު، ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 25ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ރާންބާފަތެއް 5ރ އަށް ލިބެން ހުރިއިރު، ހިކަނދިފަތް ބޮނޑިއެއް ލިބެން ހުރީ 10ރ އަށެވެ.

ބާޒާރުގައި ބަނބުކެޔޮ ކިލޯއެއް 40ރ. އަށް ލިބެން ހުރިއިރު، ބަޝި ކިލޯއެއް ލިބެން ހުރީ 45ރ. އަށެވެ. އަދި ތޮރާ ކިލޯއެއް 20ރ. އަށް ލިބެން ހުރިއިރު، ކައްޓަލަ ކިލޯއެއް ލިބެން ހުރީ 130ރ. އަށެވެ.

ބާޒާރުގައި ލުނބޯގެ އަގު 70ރ. ގައި މިއަދުވެސް ހިފެހެއްޓިފައިވާއިރު، ކާށްޓެއް ލިބެން ހުރީ 5ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ގަބުޅިއެއް ލިބެން ހުރީ 20ރ. އަށެވެ.

ލާމު މިރުސް މިއަދުވެސް އަގުބޮޑުއިރު، ކިލޯއެއް ލިބެން ހުރީ 800ރ. އަށެވެ. އަދި 100 ގްރާމު ލިބެން ހުރީ 80ރ އަށެވެ. ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 85ރ. އަށެވެ.