Advertisement

މަގާމުގައި އަށް މަސް: ސެލްޓަ ވީގޯ އިން ބެނިޓޭޒް ވަކިކޮށްފި

13 މާރިޗު 2024 - 12:30 0


މަގާމުގައި އަށް މަސް: ސެލްޓަ ވީގޯ އިން ބެނިޓޭޒް ވަކިކޮށްފި

13 މާރިޗު 2024 - 12:30 0

ވީގޯ، ސްޕެއިން (މާޗް 13) - ސެލްޓަ ވީގޯގެ ކޯޗުގެ މަގާމުން ސްޕެއިނުގެ ރަފައެލް ބެނިޓޭޒް ވަކިކޮށްފި އެވެ.

ބެނިޓޭޒް، 63، ސެލްޓަ ވީގޯގެ ކޯޗަކަށް ހަމަޖެއްސީ މިިދިޔަ ޖޫން މަހު 23 ގަ އެވެ. އޭނާ އަށް އެ ޓީމުގެ ވަޒީފާ ގެއްލުނީ އެއް ފެންވަރެއްގައި ނަތީޖާ ނެރުމުގައި ދަތިތަކެއް ދިމާވެފައިވާތީ އެވެ. ބެނިޓޭޒް، އަށް ސެލްޓަ ވީގޯގެ ކޯޗަކަށް ހުރެވުނީ، އަށް މަހެއްހާ ދުވަހު އެވެ.

ސެލްޓަ ވީގޯގެ ކޯޗަކަށް ހުރެ ބެނިޓޭޒް ލީގުގައި ނުކުތް 28 މެޗުގެ ތެރެެއިން މޮޅުވީ ފަސް މެޗުންނެވެ. މި ވަގުތު ސެލްޓަ ވީގޯ އޮތީ ސްޕެނިޝް ލީގުގެ 17 ވަނައިގަ އެވެ. އެއީ، ރެލިގޭޝަން ޒޯނުގައި އޮތް ޓީމުތަކަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ބެނިޓޭޒް، ސެލްޓަ ވީގޯއާ ހަވާލުވީ، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވަޓަން އިން ވަކިކުރި ފަހުން، އެއްވެސް ޓީމަކާ ނުގުޅި ހުރުމަށް ފަހު އެވެ. ޖުމްލަ ހުރިހާ މުބާރާތެއްގެ ރެކޯޑަށް ބަލާނަމަ ބެނިޓޭޒަށް ސެލްޓަ ވީގޯއާ އެކު، 33 މެޗުން މޮޅުވެވުނީ، ނުވަ މެޗުންނެވެ.

އިންޓަ މިލާން، ލިވަޕޫލް، ޗެލްސީ އަދި ވެލެންސިއާ އަށް ކޯޗުކޮށްދީފައިވާ ބެނިޓޭޒް މަގާމުން ވަކިކުރުމާ ބެހޭގޮތުން، ސެލްޓަ ވީގޯ އިން ނެރުނު ބަޔާނުގައި ވަނީ އޭނާ އެ ޓީމަށް ކޮށްދިން މަަސައްކަތަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ. އަދި ބެނިޓޭޒް މަގާމުން ދުރުކުރީ، ވަރަށް އަވަހަށް ކްލަބް އިން ގެންނަން ޖެހޭ ބަދަލުތަކަކަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ.