Advertisement

ފަސް އަހަރު ތެރޭ ޗައިނާއިން ރާއްޖެއަށް ކުރުމުއްދަތުގެ 1000 ތަމްރީނު ފުރުސަތު ދެނީ

13 މާރިޗު 2024 - 13:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ަރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ސަލާމްކުރައްވަނީ: މި އެމްއޯޔޫތަކުގައި ސޮއިކުރީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ފަސް އަހަރު ތެރޭ ޗައިނާއިން ރާއްޖެއަށް ކުރުމުއްދަތުގެ 1000 ތަމްރީނު ފުރުސަތު ދެނީ

13 މާރިޗު 2024 - 13:19 0

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޗައިނާގައި އެކި ދާއިރާތަކުން ކުރުމުއްދަތުގެ ތަމްރީނު ދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމުތަކުން 1000 ފުރުސަތު ރާއްޖެއަށް ދޭން ނިންމާފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި ތަމްރީނު ފުރުސަތުތަކަކީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ 'ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޖެންސީ' އަދި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓު މިނިސްޓްރީއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން ރާއްޖެއަށް ދޭ ފުރުސަތުތަކެކެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ފަހުމުނާމާގެ ތަފުސީލު ހޯދުމަށް "އަދަދު" އިން އެދުމުން ދީފައިވާ ތަފުސީލުތަކުގައިވާ ގޮތުން މި ތަމްރީނުތައް ދޭ ދާއިރާތަކުގެ ތެރޭގައި ކަނެކްޓިވިޓީ، މާލީ ދާއިރާ، ޑިޖިޓަލް އިކޮނޮމީ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެ އެވެ.

މި ތަމްރީނުތަކަށް ރާއްޖެއިން ފޮނުވާ ފަރާތްތަކުގެ ދަތުރުގެ ހަރަދާއި، ތަމްރީނަށް ދާ ހަރަދުގެ އިތުރުން ޗައިނާގައި ތިބޭ މުއްދަތުގައި ދާ އެކޮމޮޑޭޝަން އަދި ދަތުރުފަތުރުގެ ހަރަދުތައް ދޭނީ ޗައިނާގެ ސަރުކާރުންނެވެ.

ތަމްރީނުތަކަށް ފޮނުވާ މީހުން ހޮވާނީ ރާއްޖޭގެ ސަރުކާރުންނެވެ. ނަމަވެސް މި ފުރުސަތުތައް ހުޅުވާލާނެ އަދި ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކެއް މިނިސްޓްރީން ދިން ތަފުސީލުގައި ނެތެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާނެ ތަމްތީނު ޕްރޮގްރާމުތައް ނިންމާނީ ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކޮށްގެން ކަމަށް ވެސް އެމްއޯޔޫގައި ބުނެފައިވެ އެވެ.