Advertisement

އެކްސިޑެންޓުވުމުން ރިޕޯޓުނުކޮށް ފިލި ދެ އަންހެނުން ހޯދަން ފުލުހުން އިއުލާނުކޮށްފި

12 މާރިޗު 2024 - 13:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލެ ހައިވޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް -- ފޮޓޯ: އަދަދު


އެކްސިޑެންޓުވުމުން ރިޕޯޓުނުކޮށް ފިލި ދެ އަންހެނުން ހޯދަން ފުލުހުން އިއުލާނުކޮށްފި

12 މާރިޗު 2024 - 13:03 0

ހުޅުމާލޭގެ މަގެއްގެ މަތީގައި ބާއްވާފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓުވުމުން ފުލުހުންނަށް ރިޕޯޓުނުކޮށް ފިލި ދެ އަންހެނުން ހޯދަން އާއްމުންގެ އެހީތެރިކަން ހޯދަން، ފުލުހުުން އިއުލާނުކޮށް ވީޑިއޯ އާއްމުކޮށްފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ އެ މީހުން ހޯދަމުން ދަނީ ހުޅުމާލެ ފޭސް އެއްކެއްގެ ފުލުސް އޮފީހުން ކުރަމުން ގެންދާ ތަހުގީގަކާ ގުޅިގެން ކަމަށެވެ.

އިއުލާނާ އެކު ފުލުހުން ވަނީ އެ ދެ އަންހެނުން ފިލި މަންޒަރު ފެންނަ ވީޑީއޯއެއް ވެސް އާންމުކޮށްފަ އެވެ. ވީޑިއޯ އާންމު ކުރުމަށްފަހު ފުލުހުން ވަނީ އެ ދެ މީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ ކާރެއްގައި ޖެހި ވެއްޓިފައި އޮތް ސައިކަލެއް ނަގައިގެން ދެ އަންހެނަކު ދާ މަންޒަރެކެވެ.

ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކޮށް އެކަން ފުލުހުންނަށް ހުށަހެޅުމަށް ފުލުހުން އެދިފައިވެ އެވެ.