Advertisement

މާރާމާރީ ހިނގީ ދިވެހި ބަޔަކާ އިންޑިޔާ ބަޔަކާ ދެމެދު، އެކަކު ހައްޔަރުކޮށްފި

29 އޭޕްރީލް 2024 - 23:23 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މާރާމާރީ ހިނގީ ދިވެހި ބަޔަކާ އިންޑިޔާ ބަޔަކާ ދެމެދު، އެކަކު ހައްޔަރުކޮށްފި

29 އޭޕްރީލް 2024 - 23:23 1

ހުޅުމާލޭގައި މިރޭ މާރާމާރީ ހިނގީ ދިވެހި ބަޔަކާއި އިންޑިއާ ބަޔަަކާ ދެމެދު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ދިވެއްސެއް ކަމަށެވެ.

މި މާރާމާރީ ހިނގީ މިރޭ ނުވައެއް ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި އެވެ. ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ވެސް އެބަ ދެ އެވެ.

ފުލުހުން ބުނީ އެއީ ޕާކު ތެރޭގައި ތިބި ދިވެހިންގެ ބަޔަކާއި އިންޑިއާއަށް ނިސްބަތްވާ ގްރޫޕަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއް ކަމަށެވެ.

މި މައްސާލަގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.