Advertisement

ހުލާސާކޮށް އިއްޔެ: ޖަމީލްގެ ބޮޑު ތުހުމަތެއް އަދުރޭ އަށް

12 މާރިޗު 2024 - 07:54 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ބޭއްވި ހިނގާލުމެއްގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ޖަމީލްގެ ބޮޑު ތުހުމަތެއް އަދުރޭ އަށް

12 މާރިޗު 2024 - 07:54 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ވަޒީރު އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަކީ އަބަދުވެސް އަގަށާއި މުސާރައަށް ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި އެވެ.

ސިޔާސީ އިސް ބޭފުޅުންނާއެކު "އަދަދު" ނޫހުން ގެނެސްދޭ "އެއްޗެއް ކަޅެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖަމީލު ވަނީ އަދުރޭ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ މަަސައްކަތް ކޮށްދެއްވި ގޮތް ކަމަށް ވިދާޅުވެ، ބައެއް ކަންކަން ހިއްސާ ކުރައްވައިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ދެން ޔާމީނަކީ ޕީއެންސީ އާއި ޕީޕީއެމްގެ އިސް ލީޑަރެވެ. ނަމަވެސް ވެރިކަމަށް ފަހު، ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ޔާމީން މިހާރު ވަނީ އެ އިއްތިހާދު ދޫކޮށްލައްވައިފަ އެވެ.

ޕީއެންއެފްގެ ނަމުގައި އާ ޕާާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ކުރައްވާއިރު، އެމަނިކުފާނުގެ އެންމެ އަރިހުގައި މިހާރު ހުންނެވީ ޖަމީލެވެ. ޖަމީލު ވިދާޅުވީ ޔާމީންގެ ވެރިކަން ނިމިގެން، އެމަނިކުފާނު ލީޑުކުރެއްވި ސިޔާސީ އިއްތިހާދު ހިންގެވުމުގައި އަދުރޭ ހުންނެވީ މަހު މުސާރައަކަށް ކަމަށެވެ.

"ރައީސް ޔާމީން ވެރިކަން ނިމުމުން، އަދުރޭއަށް ވެސް ރަނގަޅު، އޭނައަށް ވެސް ކްރެޑިޓެއް ދޭން ޖެހޭ އެބަ، އެއީ މަހު މުސާރައަށް ވެސް އޭނާ މަޑުކޮށްގެން ހުރީމަ، އޭނާއާއެކީ ދެން އުޅުއްވި ބޭފުޅުން ރައީސް ޔާމީން ދޫކުރައްވައި ވަޑައިގަތީ،" ޖަމީލު ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހުމުގެ ސަބަބުން ދައުލަތުން ޕީޕީއެމަށް އޭރު ދޫކުރާ ފައިސާ އާއި ސިޔާސީ މަސައްކަތަށް ޕާޓީއަށް ލިބޭ ފައިސާ ބަލަަހައްޓަވަމުން ގެންދެވީ އަދުރޭ ކަމަށާއި، އޭރު ވެސް އެއިން ކުރާ ހަރަދުތަކުން އަދުރޭއަށް ފައިދާ ނަންގަވަމުން ގެންދެވި ކަމަށް ތުހުމަތު ކުރެއްވި އެވެ.

އަދުރޭއަކީ އެއްވެސް އިރެއްގައި ވޮލިންޓިއާކޮށް ސިޔާސީ މަސައްކަތްކޮށްދެއްވި ބޭފުޅެއް ނޫން، ރައީސް ޔާމީނަށް ވެސް ސިޔާސީ މަސައްކަތް ކޮށްދެއްވީ އަގަށް، މުސާރައަަށް

ރައީސް މުއިއްޒުގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ އިސް ވަޒީރު އަބްދުއްރަހީމެވެ. އޭނާގެ އާއިލާ ބޭފުޅުންނަށާއި، އޭނާގެ އުފަން ރަށް ކަމަށްވާ ފޮނަދޫން ގިނަ ވަޒީފާތަކާއި މަގާމުތައް ސަރުކާރުން ހަމަޖައްސައިދީފައިވެ އެވެ. ރައީސްގެ ކެބިނެޓުގައި އޭނާގެ ދަރިކަލުން ފައިސަލް ވެސް އިންނަވަ އެވެ.

"ރައީސް މުއިއްޒުއާއި އަދުރޭއާ ދެ މީހުން ދެން ރޭވި ރޭވުމެއްގެ ތެރެއިން، މުޅި އެތި ޖަހައިގަތީ، މިހާރު ބައްލަވާ އެ ކަން އެބަ ފެނޭ ނޫން ތޯ، ހުރިހާ އެއްޗަކީ ވެސް އަދުރޭތާ މިހާރު، މުޅި ސަރުކާރަކީ ވެސް މި އަދުރޭ،" އޭނާ ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމުގައި، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި ހިންގެވި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ވެސް ޖަމީލު މިހާރު ގުޅުވަނީ އަބްދުއްރަހީމާ އެވެ. އެއީ ފައިސާގެ ދަހިވެތިކަމުގައި، އަދުރޭ ހިމެނޭހެން ތިއްބެވި ބައެއް މަޖިލިސް މެންބަރުން ތިބެގެން ކުރެއްވި ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު