Advertisement

ޕޮޗެޓީނޯ ހުރީ ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދޭގޮތަކަށް ނޫން

11 މާރިޗު 2024 - 13:53 0


ޕޮޗެޓީނޯ ހުރީ ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދޭގޮތަކަށް ނޫން

11 މާރިޗު 2024 - 13:53 0

ލަންޑަން (މާޗް 11) - ޗެލްސީ އަށް މިހާރު ދިމާވެފައި އޮތް ހާލަތަކީ، މި ފަހުން އެ ކްލަބާ ގުޅޭ އެއްވެސް ބަޔަކު ތަޖުރިބާކުރި ކަންތައްތައްތަކެއް ނޫންކަަން އެނގޭ ކަމަށާއި އެ ފަދަ ހާލަތެއްގައި ޓީމު އޮތް ނަމަވެސް ޗެލްސީގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޗެލްސީ މި ވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގަ އެވެ. އެ ކްލަބަށް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ނެރެވިފައިނުވެ އެވެ. އެއް ފެންވަރެއްގައި ކުޅުން ނުދެމެހެއްޓޭއިރު، ޓީމުގެ ކުޅުންތެރިންނާއި ޕޮޗެޓީނޯ އަށް ވެސް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

"ފަހަރެއްގައި އަހަންނަކީ ސަޕޯޓަރެއް ނަމަ އަހަރެން ވެސް އުޅޭނީ ތި ގޮތަށް، މިއީ ޗެލްސީގައި އަހަރެމެންނަށް އަދި އުންމީދުތަކާ އެއްވަރަށް މަސައްކަތެއް ނުކުރެވޭ،" ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އާއި ސައުތެމްޓަންގައި ކޯޗުކަން ކުރި ޕޮޗެޓީނޯ ބުންޏެވެ.

ޗެލްސީގެ ބައެއް ސަޕޯޓަރުން ޝުއޫރުފާޅުކުރާއިރު، އަންނަނީ ޕޮޗެޓީނޯ ބަދަލުކުރަން އަޑުއުފުލަމުންނެވެ. އޭގެ ތެރެއިން ބައެއް ސަޕޯޓަރުން ހޯސޭ މޮރީނިއޯ އަލުން ގެންނަން ވެސް ގޮވާލައިފައިވެ އެވެ.

"ސަޕޯޓަރުންނަށް ވަކި އަހަންނަށް ވުރެ ރަނގަޅު ކޯޗެއް ނޫނީ ލޯބިވާ ކޯޗެއް ހުރެދާނެ. އެކަމަކު، މި ޕްރޮޖެކްޓަކާ އެ ކޯޗެއް އަހަންނަށް ވުރެ ބޮޑަށް ނުގުޅޭނެކަން އަހަންނަށް އެނގޭ. މާޒީގައި ވެފައި ހުރި ކަމަކާ އަޅާކިޔާނަމަ ތި ކުރެވެނީ އެހެން ކަމެއް. މި ވާހަކަ އަހަރެން އެބަ ދައްކަން، ވަރަށް ގިނައިން، އަހަރެން އަނގަ ތެޅިޔަސް އަޑުއަހާ ބަޔަކު އެކަން ކުރަންޏާ ވާނީ،" ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއާ އކެު ސޮއިކުރި ޕޮޗެޓީނޯ ބުންޏެވެ.

"އިސްތިއުފާ ދީފައި ދާނެ ވިސްނުމެއްގައެއް ނޫން މިހުރީ،"

ޗެލްސީ ހިންގުމާ މަހުޖަނު ޓޮޑް ބޯލީ، 2022 ވަނަ އަހަރު މެއި މަހު ހަވާލުވި ފަހުން، އެ ޓީމުން އާ ކުޅުންތެރިންނަށް އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި އެކި ކޯޗުން، ތޯމަސް ޓުޗެލް، ގްރަހަމް ޕޮޓާ އަދި ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅުނު ޗެލްސީ ލީގު ނިންމާލީ 12 ވަނައިގަ އެވެ.

މި ވަގުތު ލީގުގެ 11 ވަނައިގައި ޗެލްސީ އޮތްއިރު، ކުޅުނު މެޗުތަކުން ވަނީ 10 މެޗުން މޮޅު އަދި 10 މެޗުން ބަލިވެފަ އެވެ. އެއް ފެންވަރެއްގެ ކުޅުމުގެ ލެވަލް ހިފެހެއްޓުމަށް އުނދަގޫތައް ހުރިކަން ފާހަގަކުރަމުން ވެސް ޕޮޗެޓީނޯ ބުނީ، ކްލަބްގެ އިތުބާރު އެބައޮތް ކަމަށާއި މަގާމުން އަމިއްލަ އަށް ވަކިނުވާނެ ކަމަށެވެ.

ލީގުގައި މިރޭ ޗެލްސީ ކުޅޭނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.