Advertisement

ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހުންނަށް އަނިޔާވެއްޖެ

10 މާރިޗު 2024 - 18:07 0

ނިމާ ހަސަން

ނިމާ ހަސަން

ތިނަދޫ ބަނދަރު މަތި; އެރަށުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން -- ފޮޓޯ: އަދަދު


ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހުންނަށް އަނިޔާވެއްޖެ

10 މާރިޗު 2024 - 18:07 0

ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ.

ތިނަދޫގައި މިއަދު އެކްސިޑެންޓެއް ހިނގީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. އެކްސިޑެންޓު ހިނގީ މިއަދު 3:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ, ތިނަދޫ ގާޒީ މަގުން އިތުރުން ދެކުނަށް ދުއްވާފައި އައި ޕިކަޕެއް, އެ ރަށު އައިތާރަފަނި މަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާ އާއި ޕިކަޕް ދުއްވަން އިން މީހާއަށެވެ. އެ ދެ މީހުންނަށް ވެސް ދަނީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.