Advertisement

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ގޮތުން ބިންވެރިންނާއެކު މަޝްވަރާ ކުރަނީ

10 މާރިޗު 2024 - 10:01 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ގުޅީފަޅު މަތިން ނަގާފައިވާ ފޮޓޯއެއް: ބިންވެރިންނާއެކު މަޝްވަރާ ކުރަނީ މާޗް 14، ގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގުޅީފަޅު ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ގޮތުން ބިންވެރިންނާއެކު މަޝްވަރާ ކުރަނީ

10 މާރިޗު 2024 - 10:01 0

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފައިވާތީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ގުޅީފަޅުން ބިން ދޫކުރި މީހުންނާއެކު މަޝްވަރާ ކުރަން ސަރުކާރުން ނިންމައިފި އެވެ.

އާ ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އޮންނާނީ މާޗް 14، ގައި ކަމަށް ހައުސިން މިނިސްޓްރީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ. އާ ލޭންޑް ޔޫސް ޕްލޭން ފައިނަލް ނުކުރާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުވުން އޮންނާނެ ތަނާއި ވަގުތު ފަހުން އިއުލާނު ކުރާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވާން އެދޭ، ގުޅީފަޅުން ގޯތި ލިބުނު މީހުން ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން އެދެ އެވެ.

ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން


ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ފެބްރުއަރީ 13، ގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ކުރިން ލޭންޑް ޔޫސް ޕްލޭންތައް ހަދާފައި ހުރީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި މިހާރު އަލުން އެ ޕްލޭންތައް ސަރުކާރުން ހަދާފައިވާ ކަމަށެވެ.

"ގުޅީފަޅާއި ގިރާވަރުފަޅުގެ ގޯތިތައް ކުރީގައި ދީފައި ހުރީ ކަނޑައެޅިގެން އެއްވެސް ކަހަލަ ޕްލޭނެއްގެ ދަށުން ނޫންކަން. އަޅުގަނޑުމެން ޕްލޭންތައް ހަދައި ފައިނަލްކޮށްފައި މިހާރު އެ ހުރީ. މީހުންނަށް ދިރިއުޅެވޭނެ ގޮތަކަށް އެ ތަންތަނުގެ ލޭންޑް ޔޫސް ޕްލޭންތައް އަޅުގަނޑުމެން ތައްޔާރުކޮށް ނިންމައިފިން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ އެއްޗެހިތައް ޕަބްލިކް ވެސް ކުރާނަން," ހައިދަރު ވިދާޅުވެފައިވެ އެވެ.

ލޭންޑް ޔޫސް ޕްލޭން އަލުން ހެދުމުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ލިބޭ ތަންތަން ބަދަލުވުން އެކަށީގެންވެ އެވެ. އެކަން ކުރިއަށްގެންދާނެ ގޮތެއް ސަރުކާރުން އަދި ނުބުނެ އެވެ.

ކުރީގެ ސަރުކާރުން ނިންމީ ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތު ދިނުމަށެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.