Advertisement

ޖަޒުބާތުގައި ޖެހިގެން ޓީމަކާ ހަވާލުނުވާނަން: މޮރީނިއޯ

10 މާރިޗު 2024 - 08:54 0


ޖަޒުބާތުގައި ޖެހިގެން ޓީމަކާ ހަވާލުނުވާނަން: މޮރީނިއޯ

10 މާރިޗު 2024 - 08:54 0

މެންޗެސްޓާ (މާޗް 10) - މި ވަގުތު އެއްވެސް ކްލަބަކާ ނުގުޅި ހުރި މަޝްހޫރު ކޯޗު ހޯސޭ މޮރިނިއޯ، ހަވާލުވާނެ ޓީމެއް ކަނޑައަޅާއިރު، ޖަޒުބާތުގައި ޖެހިގެން ނިންމުމެއް ނުނިންމާނެ ކަމަށް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަސް ތެރޭ އިޓަލީގެ ރޯމާގެ ކޯޗުކަމުން ވަކިކުރި މޮރީނިއޯ، ދެން ހަވާލުވާނެ ޓީމެއްގެ ވާހަކަ އަކީ މި ވަގުތު ގިނަ މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި ދެކެވޭ ވާހަކަ އެކެވެ. އެ ގޮތުން، މޮރީނިއޯ ދެ ފަހަރެއްގެ މަތިން ކުރިން ކޯޗުކޮށްދިން ޗެލްސީގެ ސަޕޯޓަރުން އޭނާ އަލުން އެ ޓީމަށް ގެންނަން ޝުއޫރުފާޅުކުރާއިރު، މޮރީނިއޯ ކުރިން ފެނުނު މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ އަށް އަލުން އޮފާކޮށްފާނެ ކަމުގެ އަޑުވަނީ ގަދަވެފަ އެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ، އޭނާ ދެން ކްލަބެއްގެ ބެންޗަށް ދާނީ ވަރަށް ސަމާލުވެގެން އެ ޓީމެއްގެ ކަންކަން ހުރި ނެތް ގޮތް ބަލާފައި ކަމަށެވެ.

"އަހަރެން ހިތް އެދެންޏާ މާދަމާ ވެސް ޓީމަކާ ހަވާލުވެވިދާނެ. އެކަމަކު، ވަރަށް ވިސްނަން ޖެހޭ މިހާރު ޓީމަކާ ހަވާލުވުމުގެ ކުރިން، ޖަޒުބާތުގައި ޖެހިގެން ނިންމުމެއް ނުނިންމާނަން. ފުޓްބޯޅައިގެ ނިންމުންތައް ނިންމާނީ،" މަޝްހޫރު ގިނަ ޓީމުތަކަކަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

އެންމެ ފަހުން މޮރީނިއޯ މަސައްކަތް ކުރި ރޯމާ ވަނީ އޭނާގެ އިރުޝާދުގެ ދަށުން ޔޫރަޕްގެ ދެ މުބާރާތުގެ ފައިނަލް ޖެހިޖެހިގެން ދެ މުބާރާތުގައި ކުޅެފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު، ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރި އެވެ. މޮރީނިއޯ ބުނީ، އޭނާ ރޯމާ އިން ވަކިކުރަން ނިންމި ނިންމުން، "ހަޖަމްކުރަން" ފުރަތަމަ އުނދަގޫވި ކަމަށެވެ.

މޮރީނިއޯ ވަނީ، ޕޯޓޯ، ރެއާލް މެޑްރިޑް، ޗެލްސީ، އިންޓަ މިލާން، މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދީފަ އެވެ.