Advertisement

މާފުށީގައި މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި

9 މާރިޗު 2024 - 13:41 0

ނިމާ ހަސަން

ނިމާ ހަސަން

މާފުށި މަތިން ނަގާފައިވާ ފޮޓޯއެއް; އެރަށުގައި ރޭ މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލާފައިވޭ


މާފުށީގައި މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި

9 މާރިޗު 2024 - 13:41 0

ކ. މާފުށީގައި މާރާމާރީ ހިންގި މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފުށީގައި މާރާމާރީއެއްގައި ހާނީއްކަވި މީހަކަށް މާފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް މިއަދު ފަތިހު 5:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މާރަމާރީގައި ހާނީއްކަ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް މާފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ހުޅުމާލެެއަށް ގެނެސް, ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މާފުށީގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ދެ ދިވެހި ފިރިހެނުން ހައްޔަރުކުރި އެވެ. ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ބައިވެރިވި ބައެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.