Advertisement

މިނިސްޓަރުގެ ވިސްނުން ބައިނަލްއަގްވާމީ މުބާރާތްތަކުން ފުޓްސަލް އިން ކާމިޔާބު ހޯދުމަށް

9 މާރިޗު 2024 - 08:29 0

އަތޫފް އާތިފް

އަތޫފް އާތިފް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވަޑައިގަންނަވަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ


މިނިސްޓަރުގެ ވިސްނުން ބައިނަލްއަގްވާމީ މުބާރާތްތަކުން ފުޓްސަލް އިން ކާމިޔާބު ހޯދުމަށް

9 މާރިޗު 2024 - 08:29 0

މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ އިންޑޯ ފުޓްސަލް އެެރީނާއާ އެކު އަމާޒު ހިފާނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖޭގެ ފުޓްސަލް ޓީމުތަކަށް ކާމިޔާބު ހޯދުމަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުު 2024 ގެ ފައިނަލް މެޗަށް ފަހު "އަދަދު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, މިހާ ފުރިހަމަކޮށް މުޅި ރާއްޖެ ޝާމިލުވާނެހެން މި މުބާރާތް އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު ވަނީ މިވަރުގެ ބޮޑު މުބާރާތަކުން ފެނިގެންދިޔައީ ފުޓްސަލްގެ މުސްތަގުބަލު ކަމަށާއި, ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ފައްކާވެފައިވާވަރު ފެނިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭޔަރުން ކިތަންމެ ވަރަކަށް ޕާފޯމް ކުރަން ބޭނުންވިޔަސް މެޓުގައި ޕާފޯމް ނުކުރެވޭ. އެހެންވެ އަޅުގަނޑު ހިތުން އިންޑޯ އެއް އެޅުމަށްފަހު, ރާއްޖޭގައި ވެސް އެ މާހައުލު, ނޫނީ ދަނޑު ލިބެން އޮންނާނެ އެހެންމަ އަޅުގަނޑުމެންގެ އެ ޓެލެންޓް އިތުރަށް ބިލްޑްވެގެންދާނެ. މީގެ ސަބަބުން ރާއްޖެއަށް އިތުރު ވަނަތަކެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ރާފިއު ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ހުޅުމާލެ, ފޭސް 2 ގައި އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އިންޑޯ ފުޓްސަލް ކޮމްޕްލެކްސް ނިމިގެންދާއިރު, އިންޑޯ ފުޓްސަލްގެ ފަސް ދަނޑު އެޅިގެންދާނެ އެވެ.

ރާފިއު ވިދާޅުވީ, ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޝާމިލްވުން އޮތް މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް މި އަހަރު ނިމިގެންދިޔައިރު, އެއްވެސް ބޮޑު މައްސަލަ އެއް ޖެހިފައި ނުވުން އެއީ މުބާރާތުގެ ކާމިޔާބު މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.