Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: އުފަން ފަސްގަނޑުން ޗެމްޕިއަނުންނަށް ހޫނު މަރުހަބާ އެއް

8 މާރިޗު 2024 - 21:50 0

ބ. އޭދަފުށި

އަތޫފް އާތިފް

އަތޫފް އާތިފް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަން، ބ. އޭދަފުށި ޓީމަށް ވަނީ އެ ރަށުގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފައި.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު


ގޯލްޑަން ފުޓްސަލް ޗެލެންޖް: އުފަން ފަސްގަނޑުން ޗެމްޕިއަނުންނަށް ހޫނު މަރުހަބާ އެއް

8 މާރިޗު 2024 - 21:50 0

ބ. އޭދަފުށި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދި ބ. އޭދަފުށި ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އޭދަފުށި ޓީމުން ވަނީ މީގެ ކުރިން 2019 ވަނަ އަހަރު މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެކަމަކު، އެ ފަހަރު ތ. ތިމަރަފުށި އަތުން ބަލިވީ އެވެ.

އޭގެ ފަސް އަހަރު ފަހުން ފައިނަލު ކުޅެ އޭދަފުށިން ހޯދި ތައްޓާއެކު އެޓީމުން މިއަދު އަމިއްލަ ފަސްގަނޑަށް އައިއިރު, އެ ޓީމަށް އޭދަފުށި ރައްޔިތުން ނުކުމެ ވަނީ ހޫނު މަރުހަބާ އެއް ކިޔައިފަ އެވެ. ރަތް ދޫލައިގެ މަތިން ހިނގާފައި ކުޅުންތެރިން ރަށަށް ފައިބައި، އާންމުންނާ އެކު، މި ބޮޑު ކާމިޔާބީގެ އުފާފާޅުކުރި އެވެ.

އޭދަފުށި ބަދަރުން ޓީމަށް މަރުހަބާކީ, އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ.

މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު އެ ރަށު ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔައިރު, ޓީމާ ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ, މި ކާމިޔާބީ ތަކުރާރުކުރުމަށް މަސައްކަތް ކުރުމަށް އެ ޓީމުގެ ކުޅުންތެރިން ކިބައިން އެދިލައްވާފަ އެވެ. އަދި ކާމިޔާބީ ތަކުރާރު ކުރުމަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ސަލީމް ދެއްވި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މޮޅު ކުޅުންތެރިޔާ، "ކިންގް އޮފް ފުޓްސަލް" އަށް ހޮވުނު ސައްޓު އެ ރަށުގެ ކުދިންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ސަލީމް ވަނީ އޭދަފުށި ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ދެއްވައިފަ އެވެ.

އޭދަފުށިން މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކުރީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, ތ. ތިމަރަފުށި, މާފަންނު އަދި ލ. ގަން ބަލިކޮށްފަ އެވެ. މީގެ އިތުރުން އެ ޓީމުން ވަނީ ސެމީ ފައިނަލުގައި ކ. ގާފަރު ވެސް ބަލިކޮށްފަ އެވެ.

މި އަހަރުގެ މުބާރާތް އޭދަފުށިން ކާމިޔާބުކުރިއިރު, މި މުބާރާތުގެ "ކިންގް އޮފް ޓޯނަމެންޓް" އަކީ އޭދަފުށީގެ އިޝާން އިބްރާހީމް "ސައްޓު" އެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އޭދަފުށީގެ ކެޕްޓަން އަބްދުالله ނާސިހު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސައްޓުގެ އިތުރުން ހައިޝަމް ހަސަން (ބިޑި) ހިމެނުނެވެ.