Advertisement

"ރާއްޖެއަށް ހަގީގީ މާނައިގައި ތަރައްގީއެއް ގެނެސްދިނިއްޔާ ގެނެސްދީފައި އޮތީ އެމްޑީޕީން"

8 މާރިޗު 2024 - 19:09 0

ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދ ގައިސް


"ރާއްޖެއަށް ހަގީގީ މާނައިގައި ތަރައްގީއެއް ގެނެސްދިނިއްޔާ ގެނެސްދީފައި އޮތީ އެމްޑީޕީން"

8 މާރިޗު 2024 - 19:09 0

ރާއްޖެއަށް ހަގީގީ މާނައިގައި ތަރައްގީއެއް ގެނެސްދިނީ އެމްޑީޕީން ކަމަށާއި އެޕާޓީން މަސައްކަތް ކުރަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ގައިސް މިއަދު ވިދާޅުވެއްޖެ އެވެ.

ތިނަދޫގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިނުކުރަން ތިނަދޫގައި އެޕާޓީން މިއަދު ބޭއްވި ޖަލްސާގައި ގައިސް ވިދާޅުވީ ހަގީގީ މާނައިގައި ރައްޔިތުމީހާގެ ޖީބަށް އެއްޗެއް ލިބޭ ގޮތް ހެދީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. ރައްޔިތުންގެ ވިސްނުން ތަރަައްގީކުރެވޭތޯ ވެސް އެ ވެރިކަމުގަައި މަސައްކަތް ކުރިކަމަށް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެންނަކީ ވާޓަރާއި ބޮޑުހިލައިގެ ތަރައްގީއަށް ވުރެ ބޮޑަށް އިންސާނާގެ ވިސްނުން ތަރައްގީކުރުމަށް، އިންސާނާގެ ޖީބު މުއްސަނދިކުރުމަށް، އިންސާނާގެ ދިރިއުޅުން ތާހިރުކުރެވޭތޯ މަަސައްކުރާ ޕާޓީއެއް،" ގައިސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށް މާާލީ ގޮތުން ހެޔޮ ބަދަލު އަންނަ ކިތަންމެ ކަމެއް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފެށި އެވެ. އޭގެ ތެރެެއިން ކިތަންމެ ކަމެއް އެޕާޓީގެ ދެވަނަ ވެރިކަމުގައި އިތުރު ހަރުފަތަކަށް ގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔަވާ ކުދިންނަށް ބޭންނުންވާ ފޮތް ފަންސޫރު ދައުުލަތުން ދޭން ފެށީ އެމްޑީޕީގެ މަސައްކަތުން ކަމަށާއި ހިލޭ ޑިގްރީ ހެދޭނެ އިންތިޒާމް ހަމަޖެއްސީ ވެސް އެމްޑީޕީގެ ވެރިކަމުގައިކަން އެގޮތުން އޭނާ ފާހަގަކުރެއްވި އެވެ.