Advertisement

މުނި އެންޓަޕްރައިޒަސްގެ ދެބެންގެ ބައްޕަގެ ނަމުގައި ހުޅުމާލޭ ފޭސް 2 ގައި އެޅި މިސްކިތް ހުޅުވައިފި

ހުޅުމާލެ 2 ގައި މުނި ހޯމްކެއާ އިން އަލަށް އިމާރާތް ކުރި މިސްކިތް--


މުނި އެންޓަޕްރައިޒަސްގެ ދެބެންގެ ބައްޕަގެ ނަމުގައި ހުޅުމާލޭ ފޭސް 2 ގައި އެޅި މިސްކިތް ހުޅުވައިފި

މުނި އެންޓަޕްރައިޒަސް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.

"މަސްޖިދު ހަސަން އާދަމް" ގެ ނަމުގައި ހުޅުވި އެ މިސްކިތް ހުންނަނީ ނިރޮޅު މަގުގަ އެވެ. އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެއް ފަހަރާ 1،200 މީހުންނަށް ނަމާދުކުރެވޭ ވަރުުގެ ޖާގައާ އެކު ދެބުރިއަށް އިމާރާތްކުރި އެ މިސްކިތަށް ނަން ދީފައި ވަނީ މުނި އެންޓަޕްރައިޒަސްގެ ބާނީން ކަމަށް މުހުތާރު ހަސަން އަދި ނިޒާރު ހަސަންގެ ބައްޕަ ހަސަން އާދަމް އަށް ނިސްބަތްކޮށެވެ.

ހުޅުމާލޭގައި މުނިން އެޅި މިސްކިތް. ފޮޓޯ:އިސްލާމިކް މިނިސްޓްރީ


އެ މިސްކިތް ހުޅުއްވައިދެއްވަމުން ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭގައި މިހާތަނަށް ގާއިމުކުރި އެންމެ ރީތި މިސްކިތް ކަމަށެވެ.

އަގޮބޮޑުކޮށް އެހާ ރީތި މިސްކިތެއް ބިނާކޮށްދިނީތީ މުނި ހޯމް ކުންފުންޏަށް ޝުކުރު ދަންނަވަމުން މިނިސްޓަރު ވިދާޅުވީ ރޯދަ މަހާ ދިމާކޮށް މިސްކިތް ހުޅުވުމަކީ، ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.