Advertisement

އިމިގްރޭޝަން ވޭނުގައި ޖެހި އެކްސިޑެންޓުވި ޒުވާނާ މަރުވެއްޖެ

7 މާރިޗު 2024 - 21:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިމިގްރޭޝަން ވޭނުގައި ޖެހި އެކްސިޑެންޓުވި ޒުވާނާ މަރުވެއްޖެ

7 މާރިޗު 2024 - 21:21 0

ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް އިމިގްރޭޝަން ވޭނެއްގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 19 އަހަރުގެ މުހައްމަދު ލަޔާން ޝަރީފް މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

އެކްސިޑެންޓު ހިނގީ ލަޔާން ސައިކަލުގައި އެކަނި ދަނިކޮށް ކަމަށްވާއިރު، އޭނާ އެކްސިޑެންޓުވެފައި އޮތްތަން ފެނިފައިވަނީ އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ.

އެކްސިޑެންޓުގައި ލަޔާންއަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ. އެގޮތުން އޭނާގެ ގައިގެ އެކި ތަންތަނުގެ ކަށިތައް ބިނދިފައިވާއިރު، ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.