Advertisement

މޯލްޑިވިއަނުން ހަނިމާދޫ - ޓްރިވެންޑްރަމް ދަތުރުތައް އަލުން ފަށަނީ

މޯލްޑިވިއަންގެ ޑޭޝް8 މަތިންދާބޯޓެއް: ޓްރިވެންޑްރަމް ދަތުރުތަކުގައި ބޭނުންކުރަނީ މީގެ ބޯޓެއް -- ފޮޓޯ: މޯލްޑިވިއަން


މޯލްޑިވިއަނުން ހަނިމާދޫ - ޓްރިވެންޑްރަމް ދަތުރުތައް އަލުން ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރެވިންޑްރަމްއަށް ކުރަމުންދިޔަ ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަންއިން ހަނިމާދޫން އިންޑިއާގެ ޓްރެވިންޑްރަމް އަދި ކޮޗިންއަށް މީގެ ކުރިން ދަތުރު ކުރި އެވެ. އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓްގެ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުންނެވެ.

މި ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނިމާދޫން ޓްރެވިންޑްރަމްއަށް ކުރާ ދަތުރުތައް ފަށާނީ އަންނަ މަހުގެ 12ގައި ކަމަށެވެ. މި ދަތުރު އޮންނާނީ ހަފްތާއަކު ދެ ދުވަހު އެވެ. އެއީ ހޯމަ އާއި ހުކުރު ދުވަހު އެވެ.

ހަނިމާދޫ - ޓްރެވިންޑްރަމް ދަތުރުތަކުގެ ޓިކެޓު ބުކިންއަށް މިހާރު ހުޅުވާލާފައިވާއިރު ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 5،191ރ އިންނެވެ. މި ދަތުުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާބޯޓުގަ އެވެ.

މިއީ އެ އެއާލައިނުން ދަތުރުކުރާ މަންޒިލުތައް އިތުރުކޮށް ރާއްޖޭގެ އުތުރު ބައިނަލްއަގުވާމީެ މަންޒިލުތަކާ ގުޅާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަށާ ދަތުރުތަކެއް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ޓްރިވެންޑްރަމް އަކީ ބޭސްފަރުވާ އަށާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ސިޓީއެކެވެ.