Advertisement

ރޯދަ އާއި ހަ ރޯދައިގަ ފިހާރަތަށް މެންދަމު އެކެއް ޖަހަންދެން އަދި ކެފޭތައް ތިނެއް ޖަހަންދެން ހުޅުވޭނެ

5 މާރިޗު 2024 - 21:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ ހޮޓަލެއް : ރޯދަ އާއި ހަ ރޯދައިގަ ފިހާރަތަށް މެންދަމު އެކެއް ޖަހަންދެން އަދި ކެފޭތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވޭނެ - ފޮޓޯ: އަދަދު


ރޯދަ އާއި ހަ ރޯދައިގަ ފިހާރަތަށް މެންދަމު އެކެއް ޖަހަންދެން އަދި ކެފޭތައް ތިނެއް ޖަހަންދެން ހުޅުވޭނެ

5 މާރިޗު 2024 - 21:51 0

ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ފިހާރަތައް އަދި ކެފޭތަކާއި ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި ދެ އިއުލާނެެއްގައި އާންމުކުރި މި ގަޑިތައް ރޯދައިގެ އިތުރުން ހަ ރޯދަ ހިފާ، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހަށް ދިގުދެމިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ފިހާރަތަކާ ގުޅޭ އިއުލާނުގައި ބުނެފައިވަނީ މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

ރޯދަމަހު ކެފޭ އާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާ ގުޅޭ އިއުލާނުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހަ ރޯދައިގެ މުއްދަތުގައި ކެފޭތައް ހުޅުވޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން އެ ގަޑިތަކަށް ފިހާރަ އަދި ކެފޭތަކުގައި ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އާންމު ހާލަތުގައި ކެފޭ ފަދަ ކާބޯތަކެތީގެ ތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަން ސަރުކާރުން ހުއްދަ ދީފައި އޮންނަނީ ފަތިހުން ފެށިގެން ދަންވަރު އެކެއް ޖަންދެންނެވެ.

އަބަދު ހުޅުވުމުގެ ހުއްދަ ދީފައިވާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް އާންމު އުސޫލުން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:00 އެވެ.