Advertisement

އާރްޑީސީ މައްސަލަ: ތަހުގީގުގައި ސުވާލު ނުކޮށް ބޮޑު ތުހުމަތެއް، ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމެއް ނޭނގޭ!

3 މާރިޗު 2024 - 17:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އާރްޑީސީ މައްސަލަ: ތަހުގީގުގައި ސުވާލު ނުކޮށް ބޮޑު ތުހުމަތެއް، ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމެއް ނޭނގޭ!

3 މާރިޗު 2024 - 17:07 0

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލު ކޮށްފައި ނުވާ ކަމަށާއި އެ ތުހުމަތުތައް ކޯޓެއްގައި ސާބިތު ކުރެވޭ ވަރަށް ހެކި ހުރިކަން ނޭނގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މީގެ ދޮޅު އަހަރު ކުރިން ސެޕްޓެމްބަރު، 2022، ގައި ހުށަހެޅި އާރުޑީސީއާ ގުޅޭ މައްސަލާގައި ދައުރުވެފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން ދަންނަވަން ވެސް އަދި އުނދަގޫ ކަމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވެ އެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކާ ސުވާލެއް ނުކުރަން އެގޮތަކަށް. އަޅުގަނޑުމެންނަށް ކޭސް ލިބުނީމާ ކޭސް ބިލްޑް ކުރާނީ," ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޑަންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

މިއީ ތިން މީހެއްގެ އެކައުންޓަށް ވަދެފައިވާ ފައިސާއާ ގުޅޭ މައުލޫމާތު ކަމަށާއި މިހާތަނަށް 14 މިލިއަން ރުފިޔާ އެ މުވައްޒަފުންގެ އެކައުންޓަށް ވަންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ދީފައި ނުވެ އެވެ.

"އަޅުގަނޑުމެންނަށް ދަންނަވަން އުނދަގޫ މީގެ ތެރެއިން އެއްވެސް މީހަކާ މެދު އަދި ދައުވާ ކުރެވޭ ވަރަށް އަޅުގަނޑުމެންނަށް ހެކި ލިބިފައި އެބަހުއްޓޭ," ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ހެޑް، އަހްމަދު ނާފިޒް މިއަދު ވިދާޅުވި އެވެ.

އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ޓްރާންސެކްޝަންތަކުގެ ހަގީގަތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ނޮވެމްބަރު 14، 2023، ގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ އުނދަގޫ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.