Advertisement

ރޯދައަށް ބޭނުންވާ ވަރަށް ޒަރޫރީ މުދާ އެބަހުރި، އަގުހެޔޮވާނެ: ރެޑްވޭވް

3 މާރިޗު 2024 - 11:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރެޑްވޭވް


ރޯދައަށް ބޭނުންވާ ވަރަށް ޒަރޫރީ މުދާ އެބަހުރި، އަގުހެޔޮވާނެ: ރެޑްވޭވް

3 މާރިޗު 2024 - 11:59 0

ރޯދަ މަހަށް ބޭނުންވާ ވަރަށް ޒަރޫރީ މުދާ އެބަހުރި ކަމަށާއި، އަގުހެޔޮ ވާނެ ކަމަށް ރެޑްވޭވުން ބުނެފި އެވެ.

ރެޑްވޭވް ގްރޫޕުގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ޝަހީމް (އައްޔު) ވިދާޅުވީ މިފަހަރުގެ ރޯދަ މަހު ރެޑްވޭވުން ވިއްކާ ބައެއް ސާމާނު ކުރީ ރޯދައަށްވުރެ އަގުހެޔޮވާނެ ކަމަށާއި ރޯދައަށް ބޭނުންވާ މުދާ ދުރާލައި ވަނީ ރައްކާ ކުރެވިފައި ކަމަށެވެ.

ރެޑްވޭވަކީ މާލެ އާއި ހުޅުމާލޭގައި އެކި ރީޓެއިލް އައުޓްލެޓްތައް ހިންގާ ބަޔަކަށްވާއިރު، ތަކެތީގެ އަގު ނުއުފުލި ރޯދަ މަހު ތަކެތި ލިބޭނެ ކަމުގެ ޔަގީންކަން އަލީ ޝަހީމް ވަނީ ދެއްވާފަ އެވެ.

"ހާއްސަކޮށް ފިޔާ، އަލުވި، ބިސް، ތެޔޮ، ހުރިހާ ސޯސްއެއް، ބަޓަރު، ޗީޒްފަދަ ސާމާނު ހެޔޮ އަގެއްގައި ލިބޭނެ. ރޯދަ މަހަށް ހާއްސަކޮށްގެން ގެނައި އޮށް ނެތް ކަދުރުވެސް ލިބެން ހުންނާނެ" އަލީ ޝަހީމް ވިދާޅުވި އެވެ.

މާލޭގައި ތޮއްޖެހުން ބޮޑުވުމުން ދުވަހުން ދުވަހަށް ޑެލިވަރީ ކުރަން ދަތިތައް ކުރިމަތިވާކަން ފާހަގަކޮށް އަލީ ޝަހީމް ވިދާޅުވީ އަދިވެސް ދުރާލައި ގެއަށް ބޭނުންވާ ސާމާނު ގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ރޯދަ މަސް ފެށުމުގެ އެތައް ދުވަހެއްގެ ކުރިން ރެޑްވޭވުން ސޭލްއެއް އަޅުވަނީ ރޯދައަށް ބޭނުންވާ ސާމާނު ކަސްޓަމަރުންނަށް ދުރާލައި ގަތުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އަލީ ޝަހީމް ވިދާޅުވި އެވެ.

ރެޑްވޭވްގެ 12 ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރައެއް ހުރެ އެވެ.