Advertisement

ރިޗާލިސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

2 މާރިޗު 2024 - 15:51 0


ރިޗާލިސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

2 މާރިޗު 2024 - 15:51 0

ލަންޑަން (މާޗް 2) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ރިޗާލިސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރިޗާލިސަން، 26، އަށް އަނިޔާވެފައިވަނީ ޓޮޓެންހަމް އިން އެންމެ ފަހުން، ވުލްވްސް އަތުން ބަލިވި މެޗުގަ އެވެ.

މި ސީޒަނުގައި، ކުޅުނު 22 މެޗުން ރިޗާލިސަން ވަނީ 10 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ނުވަ ގޯލު ޖަހާފައިވަނީ އެންމެ ފަހުން ކުޅުނު 10 މެޗުގަ އެވެ.

އެހެންކަމުން، ރިޗާލިސަން ނުލައި، ކުޅެން ޖެހޭ މެޗުގައި ޓޮޓެންހަމްގެ އެޓޭކަށް ހީނަރުކަމެއް އަންނާނެ އެވެ.

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނީ، ރިޗާލިސަން ކުޅުމާ ދުުރުގައި އެންމެ ގިނަ ވެގެން ވެސް ހުންނަން ޖެހޭނެ ކަމަށް ބެލެވެނީ ހަތަރު ހަފްތާ ކަމަށެވެ. އަނިޔާއިން ރަނގަޅުވެ، މެޗު ފިޓްނަސް ލެވަލް ކުރި ހުރި ފޯމަށް ގެންނަން ވަގުތު ކޮޅެއް ނަގާނެ ކަމަށް ޕޮސްޓެކޮގްލޫ ގަބޫލުކުރެ އެވެ.

އަނިޔާގެ މައްސަލަ ޓޮޓެންހަމް އަށް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ގޮތުން، މަސްގަނޑަށް ލިބިފައިވާ އަނިޔާތަކާ ހެދި ދާދި ފަހުން އޮޕަރޭޝަން ކުރަން ޖެހުނު ޓޮޓެންހަމްގެ ޕެޑްރޯ ޕޯރޯ އާއި ރަޔާން ސެސެންޔޯން އަށް ވަނީ ސީޒަން ނިމިފަ އެވެ.

އެހެން ނަމަވެސް، ޓޮޓެންހަމް އިން މި ހަފްތާގެ މެޗަށް ނުކުންނައިރު، އެ ޓީމުގެ ފުލްބެކް، ޑެސްޓިނީ އުޑޯގީ ވަނީ އަނިޔާ އިން ރަނގަޅުވެފަ އެވެ.