Advertisement

ނޫ ކާޑު ތައާރަފްކުރުމާ ފީފާ ދެކޮޅު

2 މާރިޗު 2024 - 15:40 0


ނޫ ކާޑު ތައާރަފްކުރުމާ ފީފާ ދެކޮޅު

2 މާރިޗު 2024 - 15:40 0

ޒިއުރިކް (މާޗް 2) - ގަސްދުގައި ކުރާ ފައުލާއި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހިގެން ކުރާ އެޕީލްތަކަށް ނޫ ކާޑު ދެއްކޭ ގަވާއިދަަކަށް އަމަލުކުރަން ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ރަސްމީކޮށް ހުށަހަޅަން ތައްޔާރުވި ނަމަވެސް އެކަމާ ދެކޮޅު ކަމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ބަސް ބުނެފި އެވެ.

ރަގްބީ/އެމެރިކަން ފުޓްބޯޅައިގައި އަމަލުކުރާ، ސިން-ބިންގެ ގޮތުގައި މަޝްހޫރުވެފައިވާ، ނޫ ކާޑު ދައްކައިފިނަމަ، ކުޅުންތެރިއަކު 10 މިނިޓަށް ދަނޑުން ފައިބަން ޖެހޭނެ އެވެ. ދެ ފަހަަރަށް ނޫ ކާޑު ދައްކައިފިނަމަ، ދަނޑުން މުޅިން މެޗަށް ދަނޑުން ބާލާނެ އެވެ. ރީނދޫ ކާޑަކާއި ނޫ ކާޑެއް ދައްކައިފިނަމަ ވެސް މުޅި މެޗުން ދެން އިތުރަށް ފުރުސަތު ނުލިބޭނެ އެވެ.

ނޫ ކާޑުގެ މި ގަވާއިދާ ދެކޮޅު ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވަނީ ވާހަަކަ ދައްކަވައިފަ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ މި ބަދަލު ފުޓްބޯޅަ އަށް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެންމެ މަތީ ލެވަލްގެ ފުޓްބޯޅައިގައި ނޫ ކާޑެއް ބޭނުމެއް ނުކުރާނެ. މިއީ އަހަރެމެން ޝައުގުވެރިވާ މައުލޫއެއް ވެސް ނޫން،" އިންފަންޓީނޯ ވިދާޅުވި އެވެ.

އައިފެބްގެ އެދުމަށް އިނގިރޭސި އެފްއޭ އިން ވަނީ 2019-20 ސީޒަނުން ފެށިގެން، އިނގިރޭސި ގްރާސް ރޫޓް މުބާރާތްތަކުގައި ސިން-ބިން ޓްރަޔަލްސް ކުރިއަށްގެންދަމުންނެެވެ. އެފްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސިން-ބިންގެ ޓްރަޔަލްސް ފެށި ފަހުން، ފައުލުތަކުގެ ނިސްބަތް ވަނީ ދަށްވެފަ އެވެ. އަދި ފެއާ-ޕްލޭގެ ރިވެތި އުސޫލާ އެއްގޮތަށް މެޗުތައް ގެންދިއުމަށް ފަސޭހަތަކެއް ވަނީ ވެފަ އެވެ.

އިންފަންޓީނޯ ވަނީ އައިފެބް އަކީ ވެސް ފީފާއާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް ފުޓްބޯޅައިގައި ފެންނަން އޮތް ހަގީގަތަކީ، ނޫ ކާޑުން އެ ހާސިލްކުރަން އުޅޭ ކަންތައްތައް ރަތް ކާޑުން ވެސް ކުރެވޭކަން ކަމަށް އިންފަންޓީނޯގެ ވާހަކައިގައި ފާހަގަކުރައްވައިފައިވެ އެވެ.