Advertisement

ޕީއެސްޖީން އެމްބާޕޭ އަށް ބަރޯސާނުވެ ކުޅެން ދަސްކުރަންޖެހޭ: އެންރީކޭ

2 މާރިޗު 2024 - 10:17 0


ޕީއެސްޖީން އެމްބާޕޭ އަށް ބަރޯސާނުވެ ކުޅެން ދަސްކުރަންޖެހޭ: އެންރީކޭ

2 މާރިޗު 2024 - 10:17 0

ޕެރިސް (މާޗް 2) - ޕީއެސްޖީން ކީލިއަން އެމްބާޕޭ އަށް ބަރޯސާނުވެ ކުޅެން ދަސްކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޕީއެސްޖީން ރޭ ފްރެންޗް ލީގުގައި މޮނާކޯ ދަނޑުގައި 0-0 އިން އެއްްވަރުވި މެޗުގެ ފުރަތަމަ ހާފަށް ފަހު، ވަނީ އެމްބާޕޭ ބަދަލުކޮށްފަ އެވެ. އެމްބާޕޭ، މި ސީޒަން ނިމުމުން ޕީއެސްޖީއާ އެކު އޮތް ކޮންޓްރެކްޓް ހަމަވުމާ އެކު، ރެއާލް މެޑްރިޑަށް ދާން ވަނީ ނިންމައިފަ އެވެ.

ރޭގެ މެޗުގައި ނަތީޖާއެއް ނުނެރެވި އޮއްވައި، އެމްބާޕޭ ބަދަލުކުރީ ކީއްވެތޯ، އެންރީކޭ އަށް ވަނީ މީޑިއާ އިން ސުވާލުތަކެއް ކުރިމަތިވެފަ އެވެ.

"މިއީ 100 ޕަސެންޓް ކޯޗުގެ ނިންމުމެއް. އެއީ ދާދި އަވަހަށް ވެސް އަހަރެމެން މަސައްކަތް ކުރަން ޖެހިފައި މި އޮތީ އޭނަ ނެތި، އެހެންވީމަ، އެބަޖެހޭ އެެހެން ގޮތްތަކެއް ވެސް ހޯދަން، އެމްބާޕޭ އަށް ބަރޯސާވެގެން އެކަނި ތިބެވެން ނެތް،" އެންރީކޭ ބުންޏެވެ.

ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން އެންރީކޭ ބުނީ، ޓީމުގެ މުސްތަގުބަލަށް ބަލައި، ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ޕީއެސްޖީން މި ވަގުތު މަސައްކަތް ކުރަނީ އަންނަ ސީޒަނަށް ވެސް ވިސްނައިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

"އަހަރެން ކޮންމެ ނިންމުމެއް ނިންމާނީ ޓީމުގެ ހައްގުގައި،" އެންރީކޭ ބުންޏެވެ.

ފުރަތަމަ ހާފަށް ފަހު ބަދަލުކުރުމުން، އެމްބާޕޭ، ދެ ވަނަ ހާފު މެޗު ބަލަން އިނީ އާއިލާ މެމްބަރުންނާ އެކުގަ އެވެ. އާންމު ގޮތެއްގައި ބަދަލުކުރާ ކުޅުންތެރިން ތިބެނީ، ބެންޗުގަ އެވެ. އެކަމަކު، އެމްބާޕޭ ދެ ވަނަ ހާފުގައި ބެންޗުގައި ނީނދޭ ސަޕޯޓަރުން ތެރޭގައި އާއިލާއާ އެކު ހުންނަން ނިންމުމުން، ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު ގުޅުން ގޯސްވެފައި އޮތް މިންވަރު ހާމަވެ އެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.