Advertisement

ޔަމަހާ ރޯދަ ހަދިޔާ ޕްރޮމޯޝަނާއެކު ހާއްސަ ސައިކަލު އިވެންޓެއް

1 މާރިޗު 2024 - 16:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ޔަމަހާ ރޯދަ ހަދިޔާ ޕްރޮމޯޝަނާއެކު ހާއްސަ ސައިކަލު އިވެންޓެއް

1 މާރިޗު 2024 - 16:44 0

ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓާ، އެލިއާއިން ގިނަ މޮޑެލްތަކުގެ ސައިކަލުތަކަކާއެކު މާލެ ރާޅުގަނޑު ސަރަހައްދުގައި ސައިކަލު އިވެންޓެއް ފަށައިފި އެވެ.

އެންމެ ފަހުގެ ޔަމަހާ ސައިކަލުތައް ގާތުން ތަޖުރިބާ ކޮށްލުމަށާއި ފަހުގެ ޓެކްނޮލޮޖީއަށް ފަރުމާ ކުރެވިފައިވާ ސައިކަލުތައް ބަލާލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް އެލިއާއިން މައުލޫމާތު ދެ އެވެ. މި އިވެންޓް ކުރިއަށްދާނީ މިއަދު ހަވީރު 16:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށް މާލެ ރާޅުގަނޑު ސަރަހައްދުގަ އެވެ.

މި އިވެންޓުގައި ފެށޭ ޔަމަހާ ރޯދަ ހަދިޔާ ޕްރޮމޯޝަން ކުރިއަށްދާނީ 14 އޭޕްރިލް ގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ޔަމަހާގެ އައުޓްބޯޑު އިންޖީނު އަދި ޔަމަހާ ސައިކަލު ގަންނަ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ.

މީގެ އިތުރުން އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއްގެ އިތުރުން އިންސްޓޯލްމަންޓަށް ސައިކަލު ބައްލަވައިގަންނަވާ ފަރާތްތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކުރެވިފައިވާކަމަށް އެލިއާއިން ބުނެ އެވެ.

ޔަމަހާގެ ސައިކަލުތަކަށް ބޭނުންވާ ބައެއް ސާވިސް ވަގުތުން ކޮށްދިނުމާއި ޔަމަހާ ސައިކަލުގެ އަޖުމަ ބަލާލުމަށް މި އިވެންޓުގައި ޓެސްޓަށް ދުއްވާލެވޭނެ ކަމަށް ވެސް އެލިއާއިން މައޫލޫމާތު ދެ އެވެ.

އެލިއާއިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާގެ ކޮންސެޕްޓެއް ކަމުގައިވާ ބައިއުއްތަގްސީތުގެ ދަށުން، ކުރިއަށް ގެންދެވޭ ސްކީމެކެވެ. އެލިއާއިން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަގާ ފަރާތްތަކަށް ވެސް ސައިކަލު ލިބޭނީ އެފަރާތެއްގެ ނަންމަތީގައި ރަޖިސްޓްރީކުރެވި، ޕްރައިވެޓް ބޯޑުގަ އެވެ.

އެލިއާއިން ވިއްކާ ކޮންމެ ސައިކަލަކީ ވެސް ސައިކަލުގެ އަގުގެ ފުރަތަމަ ބައި ދެއްކުމުން ކަސްޓަމަރުގެ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކުރެވޭ ސައިކަލެކެވެ. މީގެ އިތުރުން އިންސްޓޯލްމަންޓުގެ މުއްދަތު 36 މަހާއި ހަމައަށް ބަހާލުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެ އެވެ.