Advertisement

ސްޓޫޑެންޓު ލޯނަށް ހުޅުވާލައިފި، މިފަހަރު ދެނީ 500 ލޯނު

29 ފެބުރުވަރީ 2024 - 15:56 0

ނިމާ ހަސަން

ނިމާ ހަސަން

ސްޓޫޑެންޓް ލޯނު ސްކީމަށް ހުޅުވާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މާރިޔާ -- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ


ސްޓޫޑެންޓު ލޯނަށް ހުޅުވާލައިފި، މިފަހަރު ދެނީ 500 ލޯނު

29 ފެބުރުވަރީ 2024 - 15:56 0

ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހާސިލު ކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނު ސްކީމަށް ހުޅުވާލައިފި އެވެ.

މިއަދުން ފެށިގެން އޭޕްރީލް 25 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު, މިއަހަރު ދޭން ނިންމާފައި ވަނީ 500 ލޯނެވެ. މި ސްކީމަށް އަލުން ކިޔަވަން ފަށާ ދަރިވަރުންނާއި, މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އެދެވޭނެ އެވެ.

މި ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި ނަގަނީ އެއް ޕަސަންޓެވެ. އަދި ލޯނަށް އެދި ފޯމު ހުށަހަޅަން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

ސްޓޫޑެންޓް ލޯނު ސްކީމު އިއުލާނު ކުރައްވަމުން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މިއަހަރުގެ ލޯނު ސްކީމަކީ ވަރަށް އިންކްލޫސިވްކޮށް ހުޅުވާލެވޭ ފުރުސަތެއް ކަމަށާއި, މި ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިފައިވާ ފުރުސަތުތަކެއް ހިމެނޭ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މާރިޔާ; ސްޓޫޑެންޓް ލޯނު ސްކީމު އިއުލާންކޮށްދެއްވި -- ފޮޓޯ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ


މާރިޔާ ވިދާޅުވީ މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ މިކަމަށް ދެވޭ ހަރަދުތަކަކީ އެ ކުދިންގެ ހާއްސަ ބޭނުންތަކަށް ރިއާޔަތްކޮށް ދެވޭ ހަރަދުތަކަކަށް ނުވާތީ ކަމަށެވެ.

"މިހާރު އަޅުގަނޑަމުން ކަނޑައަޅާފައި މިވަނީ އެފަރާތެއްގެ ހުންނަ ނުކުޅެދުންތެރި ކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މަގުފަހިވާނެ އިތުރު ހަރަދުތައް ދިނުމަށް" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ, ވަގުތު އޮއްވާ އެޕްލިކޭޝަން ހުށަހެޅުމަށް ދަރިވަރުން ކިބައިން އެދިވަޑައިގެންފަ އެވެ. މިނިސްޓްރީން ނިންމާފައި ވަނީ މާޗް, 21 އާ ހަމައަށް ހުށަހަޅާ އެޕްލިކޭޝަންތައް ބެލުމަށްފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން އަންގައި, އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމަށެވެ.