Advertisement

ވިލިނގިލީގައި ބަންނަމުން ދިޔަ ސަފާރީއެއް އަނދައި ހުލިވެއްޖެ

29 ފެބުރުވަރީ 2024 - 07:24 0

އޮޑިހަރުގެ އާއި ސަފާރީގައި އަލިފާން ރޯވެ އަނދަމުން ދަނީ.


ވިލިނގިލީގައި ބަންނަމުން ދިޔަ ސަފާރީއެއް އަނދައި ހުލިވެއްޖެ

29 ފެބުރުވަރީ 2024 - 07:24 0

ގއ. ވިލިނގިލީގައި ބަންނަމުން ދިޔަ ސަފާރީއެއް އަނދައި ހުލިވެއްޖެ އެވެ.

އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުން ބުނީ ސަފާރީ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރުމަށް މިއަދު ފޮރެންސިކް ފުލުހުންގެ ޓީމެއް އެރަށަށް ދާނެ ކަމަށެވެ.

މި ހާދިސާ ހިނގާފައި ރޭ އިރައިކޮޅު، ވާރޭ ވެސް ވެހެމުން ދިޔަ ވަގުތެއްގައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރޭ އަނދައި ހުލިވި ސަފާރީ އާއި އޮޑިހަރު ގޭގައި 2019 ވަނަ އަހަރު ކަރަންޓު ދަންތުރައެއްގައި ޖެހިގެން އެރަށުގެ މީހަކު މަރުވެފައިވެ އެވެ.

...

މި ހާދިސާގެ ވީޑިއޯ، ފޮޓޯ، އަދި މައުލޫމާތު [email protected] އަށް ހިއްސާކޮށް ދެއްވުން އެދެމެވެ.