Advertisement

ސަރުކާރު މެމްބަރުން އަސްލަމަށް ހުރަސް އެޅި އިރު ނުހުއްޓުވީ އެކަމަށް ނޭދޭތީ: ޑިފެންސް މިނިސްޓަރު

28 ފެބުރުވަރީ 2024 - 16:11 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ފުރަތަމަ ބޭއްވި ޖަލްސާގައި ޕީއެންސީ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހުރަސް އަޅަނީ.


ސަރުކާރު މެމްބަރުން އަސްލަމަށް ހުރަސް އެޅި އިރު ނުހުއްޓުވީ އެކަމަށް ނޭދޭތީ: ޑިފެންސް މިނިސްޓަރު

28 ފެބުރުވަރީ 2024 - 16:11 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުން ޖެނުއަރީ 28، ގައި ބޭއްވި ޖަލްސާގައި ޕީއެެންސީ މެންބަރުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހުރަސް އެޅި އިރު ސަލާމަތީ ބާރުތަކުން އެކަން ނުހުއްޓުވީ އަސްލަމް އެދިވަޑައިނުގެންވުމުން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ދުވަހު މަޖިލީހުގެ ބޭރުގައި މުޒާހަރާކުރި މީހުންގެ ތެރެއިން ބަޔަކު މަޖިލީހުގެ ގޭގެ ބޭރު ފާރުމަތިން އަރައި ގޯތި ތެރެއަށް އެއްޗިހި އުކި ކަަަމަށް ބުނާ މައްސަލަ ބަލަން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ޕޮލިސް ކަމިޝަނަރު އަދި ސިފައިންނާއިި ފުލުހުންގެ އިސް ބޭފުޅުން ހާޒިރުކުރި އެވެ.

އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހު ނައިބުރައީސް (ހޯރަފުށި ދާއިރާގެ މެންބަރު) އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރު ޣައްސާން ވިދާާޅުވީ މަޖިލީހުގެ ތަޅުމުގައި ސަލާމަތީ ބާރުތަކުން މެމްބަރެއްގެ ގައިގައި އަތްލާނީ މަޖިލީހުގެ ރައީސް ހުއްދަ ދެއްވުމުން ކަމަށެވެ.

"އިއްޒަތްތެރި މެންބަރު ތިޔަ ވިދާޅުވި ފަދައިން އެދުވަހު ތަޅުމުގެ ތެރޭގައި ހަރަކާތްތަކެއް ނޫނީ ހަމަނުޖެހުމެއް ހިނގައިގެން ދިޔަތަން އަަޅުގަނޑުމެން ވެސް ޓީވީން ދުށިން. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ ތެރޭގައި ހިނގާފައި އޮތް ކަންކަމާ ގުޅިގެން މިހާރު އޮންނަ އުސޫލަކީ، ސެކިއުރިޓީ ބަލަހައްޓާ މީހުން އެއްވެސް އިއްޒަތްތެރި މެމްބަރެއްގެ ގައިކޮޅުގައި އަތްލާނީ އަތްލައިހަދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހުއްދަޔާ އެކީ އެދިވަޑައިގަތުމުގެ މަތިން. އެ ހިސާބަށް އެކަން އެދުވަހު ގޮސްފައި، އެގޮތަށް އަންގަވާފައި ނުވާތީ ސެކިއުރީގެ ގޮތުން އެތާނގައި ތިބި މީހުން ތިބީ ބަލަން،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުންތައް ހިނގި އިރު އެހީތެރިކަމެއް ބޭނުންވޭތޯ އަސްލަމާ ގުޅުއްވައި އެއްސެވި އެވެ. އަދި މެސެޖްގެ ޒަރިއްޔާއިން ވެސް މިނިސްޓަރު ގެންދެވީ އަސްލަމާ ވާހަަކަ ދައްކަވަމުންނެވެ.