Advertisement

އަނަސްގެ މަރު: ދައުވާ ރައްދުވާ މީހުން ސަލާމަތްވުމުން ސަރުކާރުގެ ކަންބޮޑުވުން

27 ފެބުރުވަރީ 2024 - 19:20 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް: މަރުގެ ތުހުމަތު އޮތް މީހުން ސަލާމަތްވި ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާ ކަން ޕީޖީން ބުނެފި


އަނަސްގެ މަރު: ދައުވާ ރައްދުވާ މީހުން ސަލާމަތްވުމުން ސަރުކާރުގެ ކަންބޮޑުވުން

27 ފެބުރުވަރީ 2024 - 19:20 0

ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލިތާ ހަތް އަހަރެއްހާ ދުވަސް ފަހުން, އެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގެ ދައުވާ ރައްދުވި މީހުންނަށް އަދަބު ނުލިބުމަކީ ތަންފީޒީ އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އެއާއެކު, އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކާ މެދު ވެސް އިތުބާރު ކުޑަވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަނަސް މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދީއްޔަ ދުވަހު ހުކުމް ކޮށްފަ އެވެ. ޖުލައި 31، 2017 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ، އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނާއި މަރާލުމުގެ ދައުވާ އުފުލި ތިން މީހެއްގެ މައްސަލަ އެވެ.

އެ މައްސަލައިގައ،ި އަނަސްއަށް ހަމަލާ ދީފައިވަނ،ީ އާންމުންގެ ތެރޭގައި ކަމަށް ވެފައ،ި އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުންވެސް އަދަބު ނުލިބި ދިއުމުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސް އެޅޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއ، ގާނޫގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައި," އެ ބަޔާނުގައި ލިޔެފައިވެ އެވެ.މ

އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓު ލިބުމުން އެ މައްސަލައިގައި އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމަވާނެކަމުގެ ޔަގީންކަން ޕްރޮސިކިއުޓާ ޖެނެރަލް ދީފައިވާކަމަށްވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކޮށް ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ދ،ީ އިންސާފު ގާއިމުކުރުމަށް ކުރަން ޖެހޭ ކަންކަން ދައުލަތުގެ ކަމާގުޅުން ހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މީގެ ހަތް އަހަރު ކުރިން އަނަސް މަރާލީ މާލޭގައި ހިންގާ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އެ މަންޒަރުގެ ވީޑިއޯ ކުރިން އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި، ވަޅި ހިފައިގެން ތިން ގްރޫޕެއް އައުމުން މަގުމަތީގައި ހުރި އަނަސް ދުވެފައި ބިރުން ވަންނަނީ ގަރާޖަށެވެ.

ގޭންގު މެންބަރުން އައިސް ގަރާޖު ތެރެއަށް ވަދެ ފަހަރަކު މީހަކު އަނަސް ގަޔަށް ވަޅި ހަރަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނުނެވެ.

އަނަސް މަރާލުމުގެ ދައުވާ ކުޑަކުއްޖެއްގެ މައްޗަށް ވެސް އުފުލި އެވެ. އޭނާގެ މައްސަލަ ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޯބަރު، 2022، ގަ އެވެ.