Advertisement

ސަޕޯޓަރުންނާ ދިމާލަށް ރޮނާލްޑޯ ބޭއަދަބީ އިޝާރާތްކުރި މައްސަލަ ބަލަނީ

27 ފެބުރުވަރީ 2024 - 12:37 0


ސަޕޯޓަރުންނާ ދިމާލަށް ރޮނާލްޑޯ ބޭއަދަބީ އިޝާރާތްކުރި މައްސަލަ ބަލަނީ

27 ފެބުރުވަރީ 2024 - 12:37 0

ރިޔާދު (ފެބްރުއަރީ 27) - ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބްއާ ދެކޮޅަށް ކުޅުނު މެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޝަބާބްގެ ސަޕޯޓަރުންނަށް ދިމާލަށް ބޭ އަދަބީ އިޝާރާތެއްކުރި މައްސަލަ ސައުދީ ފުޓްބޯލް ފެޑަރޭޝަން އިން ބަލަމުންދާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

އަލް ޝަބާބް އަތުން 3-2 އިން އަލް ނަސްރު މޮޅުވި މެޗުގައި ޝަބާބްގެ ސަޕޯޓަރުންނާ ދިމާލަށް ރޮނާލްޑޯ ބޭއަދަބީ އިޝާރާތްކުރާ މަންޒަރު ޓީވީ ކެމެރާތަކަށް ނޭރިޔަސް، އެ މަންޒަރުތައް ބައެއް މީހުންގެ ފޯނުން ވަނީ ނަގައިފައެވެ.

އެ ވީޑިއޯ ދައުރުވާން ފެށުމާއެކު ރޮނާލްޑޯ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ. ޝަބާބްގެ ސަޕޯޓަރުން ރޮނާލްޑޯ ރުޅިއެރުުމަށް ލިއޮނެލް މެސީގެ ނަން ގޮވާ އަޑު ވީޑިއޯއިން އިވެއެވެ.


މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ރޮނާލްޑޯ، 39، ބޭއަދަބީ އިޝާރާތް ކުރި މައްސަލަ ސައުދީ ފުޓްބޯލް ފެޑަރޭޝަނުން އިން މިހާޜު ދަނީ ބަލަމުންނެވެ.

މި މައްސަލައިގައި ރޮނާލްޑޯ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ރޮނާލްޑޯއާމެދު އަޅާ ފިޔަވެއް އެނގޭނީ ސައުދީ ފުޓްބޯލް ފެޑަރޭޝަންގެ ތަހުގީގް ނިމުމުންނެވެ.

ރޮނާލްޑޯ ސަސްޕެންޑްކޮށްފިނަމަ، އެއީ އަލް ނަސްރަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. މި ސީޒަންގައި މިހާތަނަށް 22 ލަނޑު ޖަހައި، ރޮނާލްޑޯ އަކީ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

މިިދިޔަ އަހަރަށް ބަލާއިރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ގައުމީ ޓީމަށާއި ކްލަބް ލެވަލްގައި 54 ގޯލު ޖަހައިފަ އެވެ. މިއީ އަހަރެއްގެ ތެރޭ ރޮނާލްޑޯގެ ފަރާތުން 50 ގޯލު ނޫނީ އެ އަށް ވުރެ ގިނަ ލަނޑު ފެނިގެންދިޔަ ފުރަތަމަ ފަހަރެެވެ.