Advertisement

ލަންކާއިން ގާޒާގެ ކުޑަކުދިންނަށް އެހީވާން ފަންޑެއް ހުޅުވަން ނިންމައިފި

27 ފެބުރުވަރީ 2024 - 13:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާގެ ރައީސް އަރަބި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ދަ އައިލޭންޑް


ލަންކާއިން ގާޒާގެ ކުޑަކުދިންނަށް އެހީވާން ފަންޑެއް ހުޅުވަން ނިންމައިފި

27 ފެބުރުވަރީ 2024 - 13:54 0

ސްރީލަންކާއިން ގާޒާގެ ކުޑަކުދިންނަށް އެހީވާން "ޗިލްޑްރެން އޮފް ގާޒާ ފަންޑް" ގެ ނަމުގައި ފަންޑެއް ހުޅުވަން ނިންމައިފި އެވެ.

މި ފަންޑު ހުޅުވުމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހު ހުށަހެޅުއްވި ޕްރޮޕޯސަލް ލަންކާގެ ކެބިނެޓުގެ ފުރިހަމަ ތާއީދާއެކު ވަނީ ފާސްވެފަ އެވެ. މި ފަންޑަށް ލަންކާ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކުން އެހީވާން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.

މީގެ އިތުރުން ލަންކާ ސަރުކާރުން ވަނީ ޔޫއެން މެދުވެރިކޮށް ގާޒާގެ ކުޑަކުދިންނަށް އެހީވުމަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ވެސް ނިންމާފަ އެވެ.

ގާޒާއަށް އިޒްރޭލުން މެދުކެނޑުމެއް ނެތި ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 29،782 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.