Advertisement

ހުލާސާކޮށް އިއްޔެ: އަސްކަރީ ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ މަދަނީން އައުން!

27 ފެބުރުވަރީ 2024 - 07:02 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރު


ހުލާސާކޮށް އިއްޔެ: އަސްކަރީ ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ މަދަނީން އައުން!

27 ފެބުރުވަރީ 2024 - 07:02 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވިއްކި "އިންޑިއާ އައުޓު" ކެމްޕޭނުގައި ގޮވާލަމުން ދިޔައީ ރާއްޖޭގައި ދުއްވާ އިންޑިއާ ހެލިކޮޕަޓަރުތަކާއި ޑޯނިޔާ މަތިންދާ ބޯޓާއެކު އިންޑިއާ ސިފައިން ފޮނުވާލުމުގެ ވާހަކަ އެވެ.

އިންޑިއާ ސިފައިން ބޭރުކުރުމަކީ މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން އިންޑިއާއާއެކު އެއްބަސްވީ، އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ބޭއްވުމަށާއި އެތަކެތި ދުއްވަން މަދަނީން ގެނައުމަށެވެ. އެގޮތުން އިންޑިއާ ސިފައިންގެ ބަދަލުގައި ހަމަޖެއްސި އިންޑިއާގެ މަދަނީންގެ ފުރަތަމަ ބެޗް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.

ސ. ގަމުގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރު ދުއްވަން ގެނައީ ކިތައް މީހުން ކަމެއް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް އެމީހުން އިއްޔެ އައްޑޫއަށް ގޮސް ހެލިކޮޕްޓަރު ހޭންޑް އޯވާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

"ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމްވެފައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު [އިއްޔެ] ހަވީރު ވަނީ ދިވެހިރާއްޖެއަށް އައިސް،" މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާޗް 10، ގެ ކުރިންނެވެ. ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.

މުހިއްމު ބައެއް ހަބަރު