Advertisement

މަސްވެރިކަމުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ހުއްޓިފައިވާ ބައެއް ޕްރޮޖެކްޓުތަކުގެ އެއްބަސްވުންތައް ބާތިލުކުރަނީ

26 ފެބުރުވަރީ 2024 - 13:37 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް. ފޮޓޯ:ރައީސް އޮފީސް


މަސްވެރިކަމުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ހުއްޓިފައިވާ ބައެއް ޕްރޮޖެކްޓުތަކުގެ އެއްބަސްވުންތައް ބާތިލުކުރަނީ

26 ފެބުރުވަރީ 2024 - 13:37 0

ކުރީގެ ސަރުކާރުން ފަށާފައިވާ މަސްވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިވާ ނުވަތަ ލަހުން ކުރިއަށްދާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރަން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހދ. ހަނިމާދޫގައި މިއަދު ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރަން ކުރީގެ ސަރުކާރުން ފެށި މަސައްކަތްތަކުގެ 90 ޕަސެންޓް ހުރީ ހުއްޓިފައި ކަމަށެވެ. ރޯމަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށާއި އައިސް ލިބޭ މިންވަރު އިތުރުކުރަން ފެށި ހުރިހާ މަސައްކަތެއް ހެން ހުރީ ހުއްޓިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިސަރުކާރާ އެކީގައި، މިގޮތަށް ހުއްޓިފައި ނޫނީ މަޑުން، ފިނިހަކަ ދުވެލީގައި ހުރި ޕްރޮޖެކްޓްތައް، އަޅުގަނޑުމެން އެ ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ބަލާފައި އޭގެ ތެރެއިން ވަރަށް ގިނަ ޕްރޮޖެކްޓުތައް އަޅުގަނޑުމެން ވާނީ ޓާމިނޭޓްކޮށްފައި،" ޝިޔާމް ވިދާޅުވި އެވެ.

މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ބާތިލުކުރާ އިރު ކޮންމެވެސް ވަރެއްގެ ބަދަލެއް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ މަސައްކަތްތައް ޓާމިނޭޓް ނުކޮށް ނުވަތަ ބާތިލުނުކޮށްފި ނަމަ އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް، ނޫނިއްޔާ ތަސައްވުރު ހާސިލުނުވާނެކަން ޔަގީންވާ މަސައްކަތްތައް އަޅުގަނޑުމެން މި ހުއްޓައިލަނީ،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ހުއްޓައިލާ މަސައްކަތްތައް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް އަލުން ހަވާލުކުރާނެ އެވެ.