26 ފެބުރުވަރީ 2024 - 13:27 0
މުހައްމަދު ޖަމްޝަތު ވަހީދު
26 ފެބުރުވަރީ 2024 - 13:27 0
މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރޯދަމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
މިއީ މި ދުވަސްތަކުގެ ރަސްމީ ގަޑި ކަމަށް 2022 އިން ފެށިގެން ރައީސް އޮފީހުން ކަނޑައަޅާފައިވާ ގަޑިތަކެވެ.
ރޯދަމަހުގެ ރަސްމީ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު 11, އެވެ.
Comment