Advertisement

ރައީސްގެ ބޮޑު ތުހުމަތެއް : އިދިކޮޅުން ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ގައުމަކުން 'އަމުރު' ކޮށްގެން

26 ފެބުރުވަރީ 2024 - 11:24 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން މަޖިލީހުގައި : އެމަނިކުފާނު ވިދާޅުވީ އިދިކޮޅުން ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ގައުމަކުން 'އަމުރު' ކޮށްގެން ކަމަށް - ފޮޓޯ: މަޖިލިސް އިދާރާ


ރައީސްގެ ބޮޑު ތުހުމަތެއް : އިދިކޮޅުން ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ގައުމަކުން 'އަމުރު' ކޮށްގެން

26 ފެބުރުވަރީ 2024 - 11:24 1

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި 22 ވަޒީރުންގެ ކެބިނެޓުގެ ތެރެއިން ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ބޭރުގެ ގައުމަކުން އޯޑަރު ކޮށްގެން ކަމަށް ރައީސް އެމަނިކުފާނު ތުހުމަތުކުރައްވައިފި އެވެ.

އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ރޭ ހދ. ނޮޅިވަރަމްފަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ސަރުކާރު ހިންގުމަށް މަޖިލީހުން ދަތިކުރަމުންދާ ކަމަށެވެ. އޭގެ މިސާލުތައް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ބައެއް ކަންތައްތައް ވެސް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ. ވަޒީރުންނަށް ރުހުން ނުދިން މައްސަލާގައި އިދިކޮޅަށް ފާޑުވިދާ ވިދާޅުވުން އެއާ އެކު ތަކުރާރު ކުރެއްވި އެވެ.

"އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށްވެސް މައުލޫމާތު ލިބޭ، އެބޭފުޅުންގެ މައްޗަށް ބާރު ހިންގާ ރާއްޖޭން ބޭރުގެ ކޮންމެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް، ހަމަ މަޖުބޫރުވެގެން" ރައީސް ވިދާޅުވި އެެވެ.

ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް މި ސަރުކާރުން ހާރިޖީ ގޮތުން އެންމެ ބޮޑަށް މައްސަލަ ޖެހިފައިވަނީ އަވަށްޓެރި އިންޑިއާއާ އެވެ. އިދިކޮޅު ފަރާތްތަކާ އެންމެ ގާތް ގުޅުމެއް އޮންނަ ކަމަށް ސަރުކާރުން ބުނަނީވެސް އިންޑިއާއާ އެކު އެވެ.

"ތިމަންނަމެން ޖެހެއޭ ކޮންމެހެންވެސް ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން، އެހެން އަޅުގަނޑުމެންގެ މެންބަރުން ކައިރީގަވެސް ބުނަމުން ދިޔައީ، 'ތި އެންމެންނަކަށް ނުދެވޭނޭ ރުހުމެއް، ތިމަންނަމެން ކޮންމެހެންވެސް ޖެހެއޭ ދެތިން ވަޒީރަކު ދުއްވާލަން' ހަމަ އެ ލެންގުއޭޖް ބޭނުންކުރެއްވީ"

ރައީސް މިހެން ވިދާޅުވިއިރު، މި ފަހުން ދެއްކެވި ގިނަ ވާހަކަތަކުގައި އެމަނިކުފާނު ވަނީ މަޖިލީހުގައި އޮތް އިދިކޮޅުގެ މެޖޯރިޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މަޖިލީހަށް ލިބިދޭ ގާނޫނީ ބާރުތަކާމެދު ސުވާލު އުފެދޭ މޭރުމުންވެސް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ.

"އެހެންވީމަ މިގޮތަށް ހިނގާ ރައްޔިތުންގެ މަޖިލީހެއް ނޫންތޯ މި އޮތީ، ރައްޔިތުންގެ ފަޅީގަ އޮންނަ ރައްޔިތުންގެ މަޖިލީހެއް ނޫން" ރައީސް އިތުރަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރަކަށް އައްޔަންކުރި ޑރ. އަލީ ހައިދަރު އަށެވެ.

ޝަހީމަށް ރުހުން ނުދިން ސަބަބެއް ކަމުގައި އެމްޑީޕީއިން ފަހުން ބުނީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު ތަކެވެ. ހައިދަރުގެ އެންމެ ބޮޑު މައްސަލައެއް ގޮތުގައި އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއިން ފާހަގަކުރީ ފުލެޓާއި ގޯތީގެ މައްސަލަ އެވެ.

ނަމަވެސް ރައީސް ވަނީ ހަމަ އެ ތިން ވަޒީރުން އެ މަގާމުތަކަށް އަލުން އައްޔަންކުރައްވާ އަލުން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަޖިލީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.