Advertisement

މެސީ، އިތުރުވަގުތުގައި ގޯލު ޖަހައި އިންޓަ މިއާމީ ސަލާމަތްކޮށްދީފި

26 ފެބުރުވަރީ 2024 - 10:15 0


މެސީ، އިތުރުވަގުތުގައި ގޯލު ޖަހައި އިންޓަ މިއާމީ ސަލާމަތްކޮށްދީފި

26 ފެބުރުވަރީ 2024 - 10:15 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 26) - މޭޖަލީގުސޮކާ (އެމްއެލްއެސް)ގައި ރޭ އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ މެޗުގެ އިތުރުވަގުތުގައި ވައްދާލި ގޯލުން 1-1 އިން އެއްވަރުކޮށް، އެލްއޭ ގެެލެކްސީ އަތުން ބަލިނުވެ، އިންޓަ މިއާމީ ސަލާމަތްވެއްޖެ އެވެ.

އެލްއޭ ގެލެކްސީން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ވަނީ 75 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ސާބިއާގެ ފޯވާޑް، ޑޭޖާން ޖޮވެލްޖިޗް އެވެ.

އިންޓަ މިއާމީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 88 ވަނަ މިނިޓްގައި އެ ޓީމުގެ، މާކް ޑެލްގާޑޯ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑެއް ދެއްކުމަށް ފަހު އެވެ.

ކުޅުންތެރިއަކު މަދުވި ނަމަވެސް، އިންޓަ މިއާމީން ހިތްވަރު އެލުވައެއްނުލައި، އެޓޭކަށް ދެވޭތޯ ބެލުމުގެ ނަތީޖާ ރަނގަޅެވެ. އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި، މެސީ އާއި ޖޯޑީ އަލްބާގެ ކޮމްބިނޭޝަނުން ވަނީ ގޯލެއް ޖަހައިފަ އެވެ. އަލްބާ ނަގައިދިން ހުރަހަށް އަރައި، މެސީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިންޓަ މިއާމީގެ ކޯޗު ޖެރާޑޯ "ޓަޓާ" މާޓީނޯ ބުނީ، ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު، އެ ޓީމު މި މެޗުން ބަލިވުމަކުން މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ދެއްކި ހިތްވަރާއި، މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔަ ގޮތްގޮތަށް ބަލާއިރު، މި ނަތީޖާ އިން ފަރުޖައްސާލެވޭނެ ކަމަށް މާޓީނޯ ވަނީ ބުނެފަ އެވެ.

އިންޓަ މިއާމީ ޓީމުގައި ގިނައިން ބޭނުންކުރަނީ ދުވަސްވީ ކުޅުންތެރިން ކަމަށް ބުނެ، އަމާޒުވި ސުވާލަކަށް މާޓީނޯ ބުނީ، މީގެ މުހިންމީ މުޅި ޓީމަށް ފައިދާވާނެ ކުޅުންތެރިން ކުޅުވުން ކަމަށެވެ.